ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ބޭނުމުގަ ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދުވާ މީހުންނަށް ސަލާމަތެއް ނުވެވޭނެ! ދުނިޔޭގަވެސް ކަރުނައަޅަންޖެހޭނެ ބައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ތިމާ ބޭނުންވާ ކަންކަން ޙާޞިލުކުރުމުގެ ބޭނުމުގަ ދެމަފިރިންގެ މެދުގަ ފިތުނަ އުފައްދުވާ މީހުންނަށް ސަލާމަތެއް ނުވެވޭނެ! ދުނިޔޭގަވެސް ކަރުނައަޅަންޖެހޭނެ ބައެއް!: މުފްތީ މެންކް

ތަނަވަސްކަން އިތުރުކުރަން ވައްކަންކުރުން، އެކުވެރިޔާގެ ކިބައިން ނާޖާއިޒު ފައިދާ ހޯދަން ދެބައުޑުވުން (ދެމަފިރިންގެ މެދުގައި ފިތުނަ އުފެއްދުން)، ދެމަފިރިންގެ މެދަށްވަދެ އެދެމަފިރިންގެ ދިރިއުޅުން ބަނގުރޫޓުކޮށްލުވުން ފަދަ ކަންކަން ކުރެވިދާނެއެވެ. އެފަދަ ކަންކަމަށް ޝައިޠޯނާ ހިތްވަރުދޭނެއެވެ. އަދި ކާމިޔާބުކުރެވޭނެ މަގުތައްވެސް ބުނެދޭނެއެވެ.

އެހެނަސް އެފަދަ ކަންކަން ކުރާ މީހުންނަކަށް އާޚިރުގައި އެއްވެސް އުފާވެރިކަމެއް ނުލިބޭނެއެވެ. ދާދި އަވަހަށް ޖެހޭނީ ކަރުނަ އަޅައި ރޮމުން ދުވާށެވެ! ހަމަނިދިވެސް ނުލިބިގެން ހޭލައި އޮންނާށެވެ!

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައި ސާބިތުވެ ހުރެއްޖެ މީހަކަށް އެމީހަކަށް ހީވެސް ނުކުރެވޭހައި ގިނަ ގޮތްގޮތުން ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ. ވީމާ ﷲ ތަޢާލާ އަންގަވާފައިވާ މަގުގައި ޘާބިތުވެ އެކަލާނގެއާ ކުއްތަންވާން ކުރާ މަސައްކަތް އިތުރުކުރާށެވެ! ނަޞްރު ދެއްވަވާނެކަން ޔަޤީނެވެ! އިން ޝާ ﷲ

ތިމާ ޙާޞިލުކުރަން ބޭނުންވާކަމެއް ޙާޞިލުކުރަން ކިތަންމެ ގިނަ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކެއް ހުރިނަމަވެސް ޤުރްއާނުގައިވާ ﷲ ތަޢާލާގެ މަގު ދޫކޮށްނުލާށެވެ! އެމަގުން ކައްސާލައިގެން ހޯދާ ކުރިއެރުމުގެ ހިތިކަން މާބޮޑުވާނެއެވެ. ޙަޤީޤީ އުފަލެއް ލިބެން އޮތީ ހަމަ ކީރިތި ޤުރްއާނުގެ މަގުގަ ޘާބިތުވުމުންނެވެ!

ނަމަވެސް މިކަންކަން ބައެއް މީހުންނަށް ޤަބޫލެއް ނުކުރެވެއެވެ. މަގު ކުރުކޮށްލަން ނުބައިމަގު އެބަ އިޚްތިޔާރުކުރެއެވެ. އެކަމުގެ ނަތީޖާ ހިތިވާނެކަން ޔަޤީންކުރެވޭއިރުވެސް ބިރުވެތިވުމެއް ނެތިއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން