ދިރިއުޅުމުގެ ދަތިތައް ހުންނަ ގޮތުން ގޭގައި ނަމާދުކުރެވޭނެ ގޮތެއް ނެތްނަމަ އަންހެނުން މިސްކިތަށް ދިއުމަށް ހުރަހެއް ނެތެވެ. ނަމަވެސް ނިދާ ކޮޓަރީގައި ނަމަވެސް ނަމާދުކުރެވެން އޮތްނަމަ ރަނގަޅީ، މޮޅު އިތުރުވެގެންވަނީ ގޭގައި ނަމާދުކުރުމެވެ.
ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!
އަންހެނުންނަކީ ރައްކާތެރިކަން ދޭންޖެހޭ ބަޔެކެވެ. ވީވަރަކުން ފިރިހެނުންގެ ތެރެއަށް ނުނެރެވޭތޯ ބަލަން ޖެހޭ ބަޔެކެވެ. އަންހެނުން އެކަނބަލުން ނިދާ ކޮޓަރީގައި ނަމާދު ކުރުމަކީ މިސްކިތުގައި ނަމާދު ކުރުމަށަވުރެ މާތް ކަމެއްގެ ގޮތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ލައްވާފައެވެ. މިސްކިތުގައި ނަމާދު ކުރުމަށް ވުރެ އެކަނބަލުން ނިދާ ކޮޓަރީގައި ނަމާދު ކުރުން މާތް ވެގެންވަ ކަން ވަނީ އަންގަވާ ދެއްވާފައެވެ.
عَنْ عَبْدِ اللَّهِ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ: " صَلاةُ الْمَرْأَةِ فِي بَيْتِهَا ، أَفْضَلُ مِنْ صَلاتِهَا فِي حُجْرَتِهَا ، وَصَلاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلاتِهَا فِي بَيْتِهَا
"މާތް ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އަންހެނަކު މިސްކިތުގައި ނަމާދު ކުރުމަށްވުރެ އެކަމަނާގެ ނިދާ ކޮޓަރިތެރޭގައި ނަމާދު ކުރުން ސިޓިންގް ރޫމްގައި ކުރުމަށްވުރެ މާތްކަން ބޮޑެވެ. އަދި އެކަމަނާގެ ކުޑަކޮޓަރީގައި ނަމާދު ކުރުން ބޮޑު ކޮޓަރީގައި ނަމާދު ކުރުމަށްވުރެ މާތްކަން ބޮޑެވެ".
عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الأَنْصَارِىِّ، عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِى حُمَيْدٍ السَّاعِدِىِّ، أَنَّهَا جَاءَتِ النَّبِىَّ صلى الله عليه وسلم فَقَالَتْ: يَا رَسُولَ اللَّهِ، إِنِّى أُحِبُّ الصَّلاةَ مَعَكَ؟ قَالَ: "قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلاَةَ مَعِى، وَصَلاَتُكِ فِى بَيْتِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى حُجْرَتِكِ، وَصَلاَتُكِ فِى حُجْرَتِكِ خَيْرٌ مِنْ صَلاَتِكِ فِى دَارِكِ، وَصَلاَتُكِ فِى دَارِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِ قَوْمِكِ، وَصَلاَتُكِ فِى مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلاَتِكِ فِى مَسْجِدِى".
މާނައަކީ: ޢަބްދުﷲ ބިން ސުވައިދުލް އަންޞާރީ އެކަލޭގެފާނުގެ ބައްޕާފުޅުގެ ބޮޑުދައިތާ ފުޅު އުއްމު ޙުމައިދުއް ސާޢިދީ ގެ ފަރާތްޕުޅުން ރިވާ ކުރައްވައެވެ. އެކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ. "ކަލޭގެފާނާއި އެކުގައި ނަމާދު ކުރުމަށް ތިމަންކަމަނާ ލޯބި ކުރައްވަމެވެ". ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި އެކުގައި ނަމާދު ކުރުމަށް ކަމަނާ ލޯބި ކުރައްވާކަން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ނަމަވެސް ކަމަނާގެ ނިދާ ކޮޓަރީގައި ނަމާދު ކުރުން ގޭގެ ސިޓީންގ ރޫމް ގައި ކުރުމަށްވުރެ މާތް ކަން ބޮޑެވެ. ކަމަނާގެ ގޭގެ ސިޓިންގް ރޫމްގައި ކުރުން ކަމަނާގެ ދާރުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ ދާރުގައި ކުރުން އަވަށުގެ މިސްކިތުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ. ކަމަނާގެ އަވަށުގެ މިސްކިތުގައި ކުރުން ތިމަންކަލޭގެފާނުގެ މިސްކިތުގައި ކުރުމަށްވުރެ ހެޔޮކަން ބޮޑެވެ".
عن عَائِشَةَ، قَالَتْ: "لَوْ أَدْرَكَ رَسُولُ اللهِ صلى الله عليه وسلم مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسَاجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ"
މާނައަކީ:މާތް ﷲ ރުއްސުންލެއްވި ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. "އަންހެންވެރިން މިއުފައްދައިގަން ކަންތައް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އެނގިވަޑައިގެންނަމަ، ބަނީއިސްރާއީލްގެ އަންހެނުންނަށް މިސްކިތަށް ދިޔުން މަނާ ކުރެއްވުނު ފަދައިން، އެކަނބަލުންނަށްވެސް މިސްކިތަށް ދިޔުން މުޅީން މަނާ ކުރެއްވީހެވެ".
އަންހެނުން މިސްކިތަށް ދިޔުމުގެ ބަދަލުގައި ގޭގައި ނަމާދު ކުރުން މާތް ކުރައްވާފައިވަނީ އެކަނބަލުންގެ ރައްކާތެރިކަމަށްޓަކައެވެ. އެކަނބަލުން ޒީނަތްތެރެވެ، ނަލަހެދިގެން މަގުމައްޗަށް ނިކުތުމުން ނިކުމެދާނެ ފިތްނަ އަކުން ސަލާމަތް ކުރެއްވުމުގެ ގޮތުންނެވެ. ވީމާ، ފިރިހެނުން މިސްކިތުގައި ނަމާދު ކުރުމުން 27ދަރަޖަ ލިބޭފަދައިން އަންހެން ކަނބަލުން ގޭގައި ނަމާދު ކުރުމުން އެފަދަ މަތިވެރި ދަރަޖަ މާތް ﷲ ދެއްވާނެއެވެ.
ވީމާ، ފިރިހެނުންނާ ވަކިން އަންހެނުންގެ ޖަމާޢަތެއް ހަދާނަމަވެސް އެކަނބަލުންގެ ގެއިން ނިކުމެގެން މިސްކިތަކަށް، ނުވަތަ އެހެން މީހެއްގެ ގެއަށް ދާން ޖެހެއެވެ. އެގޮތުން ބަލާއިރު އެކަނބަލުން ގޭގައި ނަމާދު ކުރުމަށް ބާރުއަޅުއްވާފައިވާ ޙިކްމަތާއި ފުށޫ އަރައެވެ. މިސަބަބަށްޓަކައި އެންމެ ރަގަޅު ގޮތަކީ އަންހެން ކަނބަލުން ގޭގައި އެކަނި ނަމާދު ކުރެއްވުމެވެ.واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
(އެކަނބަލުން މިސްކިތަށްދާން ބޭނުންވެއްޖެނަމަ ހުއްޓުވުމެއް ނެތެވެ.)
Ibn Umar reported: The Messenger of Allah, peace and blessings be upon him, said,
“Do not prevent women from their share of the mosques, if they seek your permission.”
Source: Ṣaḥīḥ al-Bukhārī 900, Ṣaḥīḥ Muslim 442
Grade: Muttafaqun Alayhi (authenticity agreed upon) according to Al-Bukhari and Muslim
ގުޅުންހުރި އިތުރު ތަފްޞީލް ހިމެނޭ މުހިންމު ލިޔުމެއް:
https://islamqa.info/en/answers/983/can-women-go-to-the-mosque