އެހެން މީހުންގެ އަގުވަޒަންނުކުރުމާ އެންމެ މުހިންމީ ތިމާކަން ޤަބޫލުކުރެވުން- ދުނިޔެ ނިމެންދާކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
އެހެން މީހުންގެ އަގުވަޒަންނުކުރުމާ އެންމެ މުހިންމީ ތިމާކަން ޤަބޫލުކުރެވުން- ދުނިޔެ ނިމެންދާކަމުގެ ޢަލާމާތެއް!: ބިލާލް އައްސަދު

ކޮންމެ މީހަކުވެސް އެމީހެއްގެ އަގުވަޒަންކުރަންވާނެއެވެ. އެއިގެ މާނައަކީ މީހަކު ތިބާއަކީ މުހިންމު މީހަކު ނޫންކަމަށް ބުނިނަމަވެސް ދެރަނުވެ ތިމާއަކީވެސް މުހިންމު މީހަކު ކަމަށް ޤަބޫލުކުރުމެވެ. ނަމަވެސް އެހެން އެންމެންނަށްވުރެ ތިމާ މުހިންމު ކަމަށް ވިސްނޭނަމަ އެއީ މައްސަލައެކެވެ. އެކުރެވެނީ ކުށެކެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މީސްތަކުން އެކެއް އަނެކެއްގެ ޙާލު ބަލައިލަން ބައްދަލުކޮށް އުޅުން މިވަނީ އިންތިހާއަށް މަދުވެފައެވެ. އަދި ވާހަކައެއް ބުނެލަން ބައްދަލުކޮށްލުންވެސްމެއެވެ. ބުނަން ބޭނުންވާ އެއްޗެއް އެމީހެއްގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ބުނެލެވުމުން ނިމުނީކަމަށް މިވަނީ ހަދައިފައެވެ. 

އަދި ކީއްހެއްޔެވެ؟ ބައްދަލުވި ނަމަވެސް ގާތްއެކުވެރިންނާއި، އަދި އެމީހެއްގެ ކިބައިން ތިމާއަށް ފައިދާއެއް ކޮށްފާނެ މީހުންނާއި ނޫނީ ވާހަކަ ނުދެއްކުމާއި ސަލާމް ނުކުރުންވެސް މިވަނީ ޢާންމު ކަމަކަށް ހަދައިފައެވެ. މިހުރިހާ ކަކަންކަމުންވެސް އެނގެނީ މިއަދު ކޮންމެ މީހަކަށްވެސް އެންމެ މުހިންމުވަނީ އެމީހަކު ކަމެވެ. އެމީހަކަށް ފައިދާ އިތުރުވުން ކަމެވެ.  

މީސްތަކުންނޭވެ! މިކަންކަމަކީ ދުނިޔެ ނިމެނީ ކަމުގެ ހެކިތަކެވެ. ފަހުޒަމާނުގެ ޢަލާމާތްތަކުގެ ގޮތުގައި ޙަދީޘްފުޅުތަކުން ފެންނަންހުރި ކަންކަމެވެ. އެކަމުން އެނގެނީ މިކަންކަމަކީ މީސްތަކުން ނުބައިވެ މަގުއޮޅި ދިއުމުން ކުރާނެ ކަންކަން ކަމެވެ. ވީމާ އަހުރެމެންނަށް އޮތީ ޢަމަލުތައް އިޞްލާޙްކޮށް ހެޔޮލަފާ މީހުން ކަމުގައިވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

 

- ބިލާލް އައްސަދުގެ ދަރުސަކުން

މިއަދު އޮންލައިން