ނިދީމާ އިރުއިރުކޮޅުން ހޭލައްވަނީ ޝައިޠޯނާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ނިދީމާ އިރުއިރުކޮޅުން ހޭލައްވަނީ ޝައިޠޯނާތަ؟

ނިދީމާ އިރުއިރުކޮޅުން ހޭލައްވަނީ ޝައިޠޯނާތަ؟  

މިއީ ބައެއް މީހުން ކުރާ ސުވާލެކެވެ. ޖަވާބަކީ ނިދިން ހޭލެވޭ ސަބަބުތައް ހުރެއެވެ. އެއިގެ ތެރޭގައި ޞިއްހީ ސަބަބުތައްވެސް ހުރެއެވެ. ކަމަކާއިމެދު މާބޮޑަށް ފިކުރުކުރެވޭ ނަމަވެސް ހޭލެވިދާނެއެވެ. އެއީ ވަކި ކަމަކަށް މާބޮޑަށް ވިސްނަމުން ނިދޭތީ ދިމާވާ ކަމެކެވެ. ހަމައެފަދައިން ޝައިޠޯނާގެ ކިބައިންވެސް އެފަދަ ކަމެއް މެދުވެރިވެދާނެއެވެ. އަދި ސިޙުރުހާހޫރައެއްގެ ސަބަބުން ހޭލެވިދާނެއެވެ. ވީމާ ނިދުމަށްފަހު އަވަސްއަވަހަށް ހޭލެވޭނަމަ އެކަމުގެ ސަބަބު ދެނެގަންނަން މަސައްކަތްކުރަންވާނެއެވެ.  

މިކަމަށް ރައްކައުތެރިވާން ކުރަން އޮތްކަމަކީ ސުންނަތާއި އެއްގޮތަށް ނިދުމެވެ. ވުޟޫކޮށް ޛިކުރުތައް ކިޔައި ރައްކައުތެރިކަން ލިބިގަނެގެން ނިދުމެވެ. ސުންނަތާއި އެއްގޮތަށް 2 ސޫރަތް ކިޔަވައި އަތްތިލައަށް ފުމެލައި އަތްތިލަ ގައިގައި އުނގުޅައިގެން ނިދުމެވެ. 

Aisha reported: When the Messenger of Allah, peace and blessings be upon him, would lie down for sleep, he would blow into his hands, recite the two chapters of refuge, al-Falaq and al-Nas, and he would wipe his hands over his body.

Source: Ṣaḥīḥ al-Bukhārī 5960

Grade: Sahih (authentic) according to Al-Bukhari  

ހަމައެއާއިއެކު އާޔަތުލްކުރުސި ކިޔެވުމަކީވެސް ނިދީގައި ރައްކައުތެރިކަން ލިބިގަތުމަށް ކުރަން އޮތް ކަމެކެވެ.  

ރޭގަނޑު ނިދިންހޭލާއިރު ކުރެވޭ ދުޢާ:  

(لَا إِلهِ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ المُلْكُ، وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ. الحَمْدُ لِلهِ، وَسُبْحَانَ اللهِ، وَلَا إِلهَ إِلَا اللهُ، وَاللهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ.  

ދެން ކިޔާނީ : اللَّهُمَّ اغْفِرْ لِيْ ނޫނީ ކުރަންބޭނުންވާ ދުޢާއެކެވެ.)

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން