ކައިވެނިކުރަން ބޭނުންވިޔަސް ޙާލަތު ނިޔާކުރާ ގޮތުން ކައިވެނި ކުރެވެން ނެތްނަމަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 53ސ
ކައިވެނިކުރަން ބޭނުންވިޔަސް ޙާލަތު ނިޔާކުރާ ގޮތުން ކައިވެނި ކުރެވެން ނެތްނަމަ ޢަމަލުކުރަންވީ ގޮތް-

ﷲ ތަޢާލާ އިންސާނުން އުފައްދަވާފައިވަނީ އެއްގޮތަކަށް ނޫނެވެ. އެކި މީހުންނަށް ކަންކަން ބޭނުންވާނީ އެކިވަރަށެވެ. ބޮޑަށް ބޭނުންވާނީވެސް އެކި ކަންކަމަށެވެ. ވީމާ އެމީހެއްގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީވެސް އެމީހަކަށެވެ. 

ކައިވެނިކުރަން ބޭނުންވާ ޢުމުރު ތަފާތުވާނެއެވެ. އެކި މީހުންނަށް ކެތްކުރެވޭނީ އެކިވަރަށެވެ. ވީމާ ކައިވެނިކުރަން ބޭނުންވާ ޙާލަތުގައި އޮތީ އެއްވެސް މިންވަރަކުން ފާފައަކަށް އަރައިނުގަތުމެވެ. އެޙާލަތުގައި ޢަމަލުކުރަންވީ ގޮތްވެސް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. 

ރަސޫލުﷲ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

(يَا مَعْشَرَ الشَّبَابَ، مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَوَّجَ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَّمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ) 

މާނައަކީ: "އޭޒުވާނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމަށް ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނި ކުރާ ހުށިކަމެވެ. އެގޮތުގައި ތިޔަބައިމީހުންގެ ލޯތަށްތިރި ކުރުމަށް ބާރަކަށްވެއެވެ. އަދި ފަރްޖުތަކަށް ރައްކާތެރިކަން ބޮޑެވެ. އަދި ކުޅަދާނަކަން ލިބިގެންނުވާމީހާ ރޯދަހިފާހުށި ކަމެވެ. އެގޮތުގައި ރައްކާތެރިކަން ވެއެވެ". 

މި ޙަދީޘް ގައި ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންނަށް އިރްޝާދު ދެއްވާފައިވަނީ ރޯދަހިފުމަށެވެ. އެހެންގޮތަކުން އެދުންފުއްދުމަކަށް ނޫނެވެ. އެހެންކަމުން ނުބައިކަމަކަށް އަރައިގަތުމުގެ ކުރިން އަވަހަށް ކައިވެނި ކުރާށެވެ. ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވަނީ ނަމަ ރޯދަހިފާށެވެ.  

ރަސޫލު ﷲ -ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. 

(مَنْ صَامَ يَوْمًا فِيْ سَبِيْلِ اللهِ بَاعَدَ اللهُ وَجْهَهُ عَنِ النَّارِ سَبْعِيْنَخَرِيْفًا)

މާނައަކީ: "ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަހިފައިފި މީހެއްގެ މޫނު ހަތްދިހަ ހާސް ޚަރީފް (އަހަރު) ގެ ރާސްތާ އަށް ނަރަކަ އާއި ދުރުކުރައްވަތެވެ". واللهأعلم

 

 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން