އަމިއްލައަށް ދުޢާ ނުކިޔޭ ޢުމުރުގެ ކުޑަކުދިން ފާޚާނާއަށްވައްދާއިއރުވެސް އަދި ފާޚާނާއިން ނެރޭއިރުވެސް މައިންބަފައިން ދުޢާކިޔަންވާނެއެވެ. ރަނގަޅީވެސް ކުދިންނަށް އަޑުއިވޭވަރަށް ދުޢާކިޔުމެވެ. އެއީ އެކުދިންނަށް ދުޢާގެ އަޑުއިވުމުން ފައިދާކުރާނެތީ އާއި ބޮޑުވުމުން އެކަމަށް އާދަވާނެތީއެވެ.
ތުއްތުކުދިން ފާޚާނާގައި ފެންވަރުވަން ބައެއް ބެލެނިވެރިން ޖެހިލުންވެއެވެ. ސަބަބަކީ ފާޚާނައަކީ ޝައިޠޯނުން ހާލިހަދައިގެން ތިބޭތަނަކަށްވާތީއެވެ. ޚާއްޞަކޮށް ދެނަމާދުދޭތެރޭގައި ކުދިން ފާޚާނާއަށް ވައްދަން ބައެއް ބެލެނިވެރިން ބިރުގަނެއެވެ.
"ކުޑަކުދިން ފާޚަނާގައި ފެންވެރުވުމަކީ މައްސަލައެއް ނޫނެވެ. ފާޚަނާ ހުންނަނީ ރާނާ ހިޔާކޮށްފައި ކަމަށްވަނީނަމަ، ދެނަމާދު ދޭތެރޭގައި ވެސް ފާޚަނާއަށް ކުޑަކުދިން ވެއްދުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ވަގުތެއްގައި ފާޚަނާ އަށް ވަން ނަމަވެސް ދުޢާ ކިޔުމަކީ ސުންނަތެކެވެ. واللهأعلم."
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
މިބަސްފުޅުން އެނގިގެންދަނީ ކުދިން ފާޚާނާގައި ފެންވެރުވުމަކީ ނުވަތަ ފާޚާނާއަށް ވެއްދުމަކީ މައްސަލައެއް ނޫންކަމެވެ. މުހިންމީ ފާޚާނާއަށް ވަންނަމުން ކިޔަންޖެހޭ ދުޢާއާއި ނުކުންނަމުން ކިޔަންޖެހޭ ދުޢާކިޔުން ކަމެވެ.
ފާޚާނާއަށް ވަންނަމުން ކިޔާ ދުޢާ:
(بِسْمِ الله) اللّهُـمَّ إِنِّـي أَعـوذُ بِـكَ مِـنَ الْخُـبْثِ وَالْخَبائِث
ނުކުންނަމުން ކިޔާ ދުޢާ:
غُفْـرانَك
ސަމާލުވާންޖެހޭ ކަމެއް!
ގިނަ ބައަކު ހެދުންލައިހަދަނީ ފެންވަރައި ނިމިގެން ފާޚާނާދުޢާކިޔުމަށާއި ދުޢާ ހަނދާންކުރުމުގެ ގޮތުން ހެދުންލާއިރު ކިޔާ ދުޢާ ފާޚާނާއި ތަތްކުރުމަކީ މައްސަލައެއް ނޫނެވެ. އެދުޢާއަކީ ގުރްއާނުގެ އާޔަތަކަށް ނުވާތީއެވެ.
ފާޚަނާގައި ގުރްއާނުގެ އާޔަތްތައް ތަތްކޮށްފައި ބެހެއްޓުމަކީ އެޔަށް އިހާނާތް ތެރިކޮށް ހިތުމުގެ ތެރޭގައި ހިމެނޭނެ ކަމަކަށްވާތީ މިފަދަ ކަންތަކުން ދުރުހެލިވާންވާނެއެވެ. واللهأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް