ހަނދުމަކޮށްދިނުމެއް!: ނަމާދުގެ ރަކްޢަތުގެ ޢަދަދާއިމެދު ޝައްކު އުފެދިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުގެ ރަކްޢަތުގެ ޢަދަދާއިމެދު ޝައްކު އުފެދިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތް-

ނަމާދަށް ފެށުމުން ޝައިޠޯނާގެ އުނދަގޫ ބޮޑުވެ ކުރެވޭ ރަކްޢަތުގެ އޮޅޫ ޙާލަތަށް ދާތީ އެޙާލަތުގައި ޢަމަލުކުރާނެ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ.  

ނަމާދަށް ދާން ނިޔަތް ގަތީންސުރެ ޝައިޠޯނާގެ އުނދަގޫތައް ފޯރަން ފަށައެވެ. ނަމާދަށް ޙަރަމް ބަނުމާއިއެކު އެ އުނދަގޫތައް އިތުރަށް ބޮޑުވެގެންދެއެވެ. އެމީހާއަށް ނުކުރެވިހުންނަ ކަންކަމާއި އެންމެ ބޮޑަށް ޝައުޤުވެރިވާ ކަންކަން ހިތްމައްޗަށް ގެނުވައި ވިސްނުން ނަމާދާއި ދުރުކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ކުރެވޭ ރަކްޢަތުގެ ޢަދަދުވެސް އޮޅޭގޮތް މެދުވެރިވެއެވެ.  

އެޙާލަތުގައި ޢަމަލުކުރަންވީ ގޮތް ބަޔާންކުރައްވައި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ މިފަދައިންނެވެ.  

ނަމާދުގެ ރަކްޢަތުގެ ޢަދަދާއި މެދު ޝައްކު އުފެދިއްޖެނަމަ، ޔަގީންވާ ވަރަށް ކުރާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ކުރާނީއެވެ. އަލުން ނަމާދު އިޢާދަކުރާކަށް ނުޖެހޭނެއެވެ. ސަލާމްދިން ފަހުން ރަކްޢަތެއް މަދުކަން އެނގިއްޖެނަމަ މަދުވީ ރަކްޢަތް ކޮށްފައި ސަލާމްދޭނީއެވެ. ނަމަވެސް، ސަލާމްދިންތާ މާގިނައިރުވެފައިވާ (މިސްކިތުން ފައިބައިގެން ދިޔަފަހުން) ނަމަ، އަލުން ނަމާދު ކުރާނީއެވެ.  والله أعلم

 

މިއަދު އޮންލައިން