ބައްޔެއްގެ ސަބަބުން އަވަހަށް މަރުވެދާނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް މާޔޫސްވެ ކައިވެނިނުކުރުމެއް ނެތް! ޙާލަތު ޤަބޫލުކުރާ މީހަކު ލިބިއްޖެނަމަ އޮތީ ކައިވެނިކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ބައްޔެއްގެ ސަބަބުން އަވަހަށް މަރުވެދާނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް މާޔޫސްވެ ކައިވެނިނުކުރުމެއް ނެތް! ޙާލަތު ޤަބޫލުކުރާ މީހަކު ލިބިއްޖެނަމަ އޮތީ ކައިވެނިކުރުން!

ބައެއް ޙާލަތްތަކުގައި ކުރު މުއްދަތެއްގައި މަރުވާނެ ކަމަށް ޑޮކްޓަރުން ބަލިމީހުންގެ ގާތުގައި އެބަ ބުނެއެވެ. އެހާލަތުގައި އޮތީ ކައިވެނި ނުކޮށް ހުރުންތޯއެވެ؟

ޖަވާބަކީ: ފުރަތަމަ ކަމަކީ އެއްވެސް މީހަކު މަރުވާނެ ދުވަހެއް އެކަކަށްވެސް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! ބަލިން ޝިފާ ނުލިބޭނެ ކަމަށް ޑޮކްޓަރުން ބުނާ އެތައް ބައަކަށް ﷲ ތަޢާލާ ޝިފާ ދެއްވަވައެވެ. އަދި ދާދިއަވަހަށް މަރުވާނެ ކަމަށް ބުނާ ޑޮކްޓަރު މާކުރިން އެބަމަރުވެއެވެ.

ތިބާގެ ކިބައިގައި ބައްޔެއް ހުރިނަމަވެސް ކައިވެނިކޮށްގެން ދިރިއުޅުމުގެ ކުޅަދާނަކަން ތިބާގެ ކިބައިގައި ހުރިނަމަ އަވަހަށް ކައިވެނިކުރާށެވެ! ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދުޢާކުރާށެވެ! އެންމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާގެ ރަޙްމަތުން އުންމީދު ކަނޑައިލުމެއް ނުވެއެވެ. ދެމަފިރިން އެކުގައިކުރާ ދުޢާއަކީވެސް ޝިފާ ދެއްވަވާ ސަބަބެއްކަމުގައިވުމަށް އެދޭށެވެ!

ނަމަވެސް އަނެކާއަށް ބަލި ސިއްރުނުކުރާށެވެ! ކައިވެނިކުރަންވާނީ ތިބާގެ ޙާލަތު ޤަބޫލުކޮށް ކައިވެނިކުރަން ބޭނުންވާ މީހަކު ލިބިއްޖެނަމައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން