ލިބޭ ރިޒުޤް މަދުވެގެން ނަމަވެސް ގިނައިން ނުކެވުމަކީވެސް ދެއްވަވާ ނިޢުމަތެކެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ލިބޭ ރިޒުޤް މަދުވެގެން ނަމަވެސް ގިނައިން ނުކެވުމަކީވެސް ދެއްވަވާ ނިޢުމަތެކެވެ!: މުފްތީ މެންކް

އަހުރެމެންނަކީ މިސްލިމުންނެވެ. ކެއިން ބުއިމުގައި ޢަމަލުކުރަންވީ ގޮތްވެސް ދީނުގައި އެބައޮތެވެ. ކާންވީ ތަކެއްޗާއި ކައިބޮއި ހަދަންވީ މިންވަރުވެސް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ހަމައެފަދައިން ﷲ ތަޢާލާ ޙަރާމް ކުރެއްވެވި ތަކެތިވެސް އެނގެން އެބައޮތެވެ.

ބައެއް މީހުންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އޮންނަނީ އެމީހުން ކާން ބޭނުންވާހައި އެއްޗެއް ބޭނުންވަރަކަށް ނުކެވުމެވެ.

މިސާލަކަށް މާގިނައިން ކައިފިނަމަ ބަނޑަށް އުނދަގޫވާނެއެވެ. ފޮނި އެއްޗެތި މާގިނައިން ކާނަމަ ހަކުރުބަލީގެ މައްސަލަ ކުރިމަތިވެދާނެއެވެ. ތެޔޮ، ނުވަތަ ކުޅި އެއްޗެތި މާގިނައިންކާނަމަ މެއިން ދިލަނަގަންފަށައިފާނެއެވެ. ކޮލޮސްޓްރޯލް މައްޗަށް ހިނގައިދާނެއެވެ. ލޮނުއެއްޗެތި ގިނައިންކާނަމަ ލޭމައްޗަށް ހިނގައިދާނެއެވެ.

ވިސްނައިލާށެވެ! އެކަންކަން އެގޮތަށް މިންވަރުކުރައްވަވާފައި އެވަނީ ވަރަށް ގިނަ ސަބަބުތަކަށްޓަކައެވެ.

ފުރަތަމަ ސަބަބަކީ ދުނިޔެއަކީ މީރުހައިއެއްޗެތި ވީހައި ގިނައިން ކައިގެން އަރާމުކުރަން ތިބެން އޮތްތަނެއް ނޫންކަމެވެ. ކިރިޔާ ފުދޭ މިންވަރަށް ކައިގެން، ދެއްވެވި ރިޒްޤަށް ﷲ ތަޢާލާއަށް ޝުކުރުވެރިވެ ވީހައި ގިނައިން އަޅުކަންކުރަން ތިބެން އޮތްތަނެއް ކަމެވެ.

ވީމާ އަބަދުވެސް މަސައްކަތްކުރަންވީ ވީހާ މަދުން ކެއުމަށާއި ވީހައި ގިނައިން އަޅުކަންކުރުމަށެވެ. އެއިރުން ތިބާއަށް ސުވަރުގެ ދެއްވަވާނެތެވެ. ސުވަރުގެ ވަދެވުމުން ތާއަބަދު ކައިކައި ހުންނަވީއެވެ. އެކަމުގެ ސަބަބުން ތިބާއަށްއެއްވެސް އުނދަގުލެއް ނުފޯރާނެތެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން