އިންސާނުންގެ އެންމެ ބޮޑު ދުޝްމިނަކީ ކޮބައިތޯ ސުވާލުކުރުމުން އެއީ ޝައިޠޯނާ ކަމަށް ބުނުމަކުން އަދި ޖަވާބު ފުރިހަމައެއް ނުވެއެވެ. އަހުރެން ބުނާނީ ފާފަކުރެވުން ކަމަށެވެ. އެހެނީ ފާފަކުރަން ބިރުވެތިވެވޭނަމަ ޝައިޠޯނާއަށް ހުންނަންޖެހޭނީ ދުރުގައެވެ.
ވީމާ އަހަރެމެންނަށް އޮތް އެންމެ ބޮޑު ބިރަކީ ފާފަކުރެވޭކަމެވެ. އަބަދުވެސް މަސައްކަތްކުރަންޖެހެނީ ފާފަނުކޮށް ހުރުމަށެވެ. ސުވާލަކީ ފާފަކުރުމާއި އެބަ ދުރުހެލިވެވޭ ހެއްޔެވެ؟ ކުރަން އެންމެ އުނދަގޫކަމަކަށްވަނީ ފާފަނުކޮށް ހުރުން ނޫން ހެއްޔެވެ؟
ކޮންމެ މީހަކަށްވެސް ފާފަ ކުރެވެނީ ޝައިޠޯނާ އެކަމަށް ވަސްވާސް ދިނުމުންނެވެ! ޝައިޠޯނާގެ ވަސްވާސްތަކަށް ހެއްލެވި ފާފައެއް ކުރެވެން އުޅޭ ވަގުތު މި އާޔަތް ހަނދާނަށް ގެންނާށެވެ! ކިޔަވަންވެސް ކިޔަވާށެވެ!
أَلَمْ يَعْلَم بِأَنَّ ٱللَّهَ يَرَىٰ
"ހަމަކަށަވަރުން ﷲ ދެކެވޮޑިގެންވާކަން އޭނާއަށް ނުއެނގެނީ ހެއްޔެވެ؟" (އަލްޢަލަޤް: 14)
އަދި ދުލަށް ވީހައި ބޮޑަށް ބާރުލާފައި ބުނާށެވެ! "ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވެއެވެ!"
މީސްތަކުންނޭވެ! ތިމާއަށް ފާފަ ކުރެވެން އުޅޭވަގުތު ތިމާއަށް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން ހިތްމައްޗަށް ގެނެވިއްޖެނަމަ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކު އެފާފައެއް ނުކުރާނެއެވެ! ފާފައެކުރެވެނީ އެކަން އެވަގުތު ހަނދާންނެތިގެންދާތީއެވެ! އިބިލީސް އެކަން ހަނދާންނައްތުވައިލަނީއެވެ!
މީސްތަކުންނޭވެ! އިޚްލާޞްތެރިކަމާއިއެކު ފާފަކުރުން ހުއްތާލަން ބޭނުންވެގެން މިކަން ތަޖުރިބާކުރި އެންމެންވެސް ވަނީ މި ނަޞޭޙަތުން ފައިދާ ލިބިގެންފައެވެ! ނަޞޭޙަތަކީ ތިބާވެސް މިކަން ތަޖުރިބާކޮށްލުމެވެ. އިން ޝާ ﷲ ތިބާއަށްވެސް ފާފަކުރުން މުޅިން ހުއްޓައިލެވޭނެއެވެ!
- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން