ހަނދުމަކޮށްދިނުމެއް!: ކައިވެނީގެ ޢަގްދު ކުރެވި، ދެމަފިރިން ކޮޓަރީގައި އެކަހެރިވުމުގެ ކުރިން ކުރުން ސުންނަތް ނަމާދުކުރާނެ ގޮތާ ކުރަން އޮތް ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހަނދުމަކޮށްދިނުމެއް!: ކައިވެނީގެ ޢަގްދު ކުރެވި، ދެމަފިރިން ކޮޓަރީގައި އެކަހެރިވުމުގެ ކުރިން ކުރުން ސުންނަތް ނަމާދުކުރާނެ ގޮތާ ކުރަން އޮތް ދުޢާ!

ކައިވެނިކުރުމަށްފަހު ދެމަފިރިން އެކުގައި ކުރުން ސުންނަތްވެގެންވާ ނަމާދުކުރާނެގޮތާއި ބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ އެކަން އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ކައިވެނިކޮށް ނިމިގެން ދެމަފިރިން އެކުގައ، ފިރިިމީހާ އިސްވެހުރެ، ދެރަކްޢަތް ނަމާދެއް ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. މިނަމާދުގެ ކޮންމެ ރަކްޢަތެއްގައި ސޫރަތުލްފާތިޙާ ކިޔެވުމަށްފަހުގައި ފަސޭހަ ސޫރަތެއް ކިޔަވާނީއެވެ. މިނަމާދު ކުރާނީ ކައިވެނީގެ ޢަގްދު ކުރެވި، ދެމަފިރިން ކޮޓަރީގައި އެކަހެރިވުމުގެ ކުރިންނެވެ.  

ނަމާދުކޮށް ނިމިގެން ފިރިމީހާ އަނބިމީހާގެ ނިތްކުރީގައި ކަނާއަތް އަޅާފައި

(اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوْذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ) މިފަދަ އިން ކިޔާ ދުޢާ ކުރާނީ އެވެ.  

މިދުޢާ ގެ މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މީނާގެ ކިބާގައިވާހާ ހެޔޮކަމެއް، އަދި މީނާގެ ޠަބީޢަތުގައި ލައްވާފައިވާހާ ހެޔޮކަމެއް މިއަޅާ އަށް ދެއްވުން އެދި ދަންނަވަމެވެ. އަދި މީނާގެ ކިބާގައިވާހާ ނުބައި ކަމަކާއި އަދި މީނާގެ ޠަބީޢަތުގައިވާހާ ނުބައިކަމަކުން މިއަޅާ ސަލާމަތްކޮށްދެއްވާފާންދޭވެ". މިއެވެ. 

(މި ދުޢާ އަކީ އެއްޗެއްގަން ކަމުގައިވީނަމަވެސް އޭގައި އަތް އަޅާފައި ކިޔުމަށް ސުންނަތުގައި ވާރިދުވެފައިވާ ދުޢާ އެކެވެ.) واللهأعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން