"ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާ ވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ!" ޙަދީޘް! - މިއަށްވުރެ ބޮޑު ޝަރަފެއް ކޮބާތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
"ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާ ވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ!" ޙަދީޘް! - މިއަށްވުރެ ބޮޑު ޝަރަފެއް ކޮބާތަ؟

ކީރިތި ޤުރްއާން ހިތުދަސްކޮށް ޙާފިޘަކަށްވުމަށް މަސައްކަތްކުރަންޖެހޭ އެންމެ ބޮޑު ސަބަބާއި އެކަމުން ލިބޭ ޢިއްޒަތާއި ޝަރަފް މިއޮތީ ފެންނާށެވެ! އެއީ ކޮންފަދަ ަމތިވެރި ޝަރަފެއް ކަމަށް ހެއްޔެވެ؟ މާތްވެގެންވާ މަލާއިކަތުންނާއިއެކުގައި ވުމުގެ ޝަރަފެވެ.  

ހަމައެކަނި ކުރަން އޮތް ކަމަކީ ޙާފިޡަކަށްވެ ރިވެތިކޮށް ތަރުތީލުކޮށް ކިޔަވަމުން ގެންދިއުމެވެ.  

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«مَثَلُ الَّذِي يَقْرَأُ القُرْآنَ، وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الكِرَامِ البَرَرَةِ، وَمَثَلُ الَّذِي يَقْرَأُ، وَهُوَ يَتَعَاهَدُهُ، وَهُوَ عَلَيْهِ شَدِيدٌ فَلَهُ أَجْرَانِ» [رواه البخاري]    

މާނައީ: "ޤުރްއާން ހިތުދަސް ޙާލު ރިވެތިކޮށް ތަރުތީލުކޮށް ކިޔަވާމީހާވާނީ ކިޔަމަންތެރި މާތްވެގެންވާ މަލާއިކަތުންނާއެކުގައެވެ. އަދި ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަވެއެވެ." [ރިވާކުރެއްވީ އިމާމް ބުޚާރީ رحمه الله] 

ބައެއް މުޖުތަމައުތަކުގައި ކީރިތި ޤުރްއާން ހިތުދަސް ޙާފިޡުންގެ އަގު ވަޒަންކުރާކަމަށް ބުނެވޭކަށް ނެތެވެ. ނަމަވެސް ޙަދީޘްފުޅުން އެނގިގެން މިދަނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޙާފިޡުންނަށް ހުރި މަތިވެރި ދަރަޖައެވެ.  

ތިމާއަށް ޙާފިޡަކަށް ވާން ކުރަންޖެހޭ މަސައްކަތްނުކުރެވޭނަމަ އެހެން މީހަކަށް އުނގަންނައިދޭން މަސައްކަތްކުރާށެވެ! އަދި އެކަމުގެ ޘަވާބާއި ދަރުމައަށް އެދޭށެވެ!  

ހަމައެއާއިއެކު " ދަތިއުނދަގުލާއެކު ހަނދާންނެތިދާނެތީ ތަކުރާރުކޮށް އެ ކިޔަވާ މީހާއަށް، ދެދަރުމަ" ހުރިކަންވެސް ޙަދީޘްފުޅުން އެނގިގެންދެއެވެ. ވީމާ ކިތަންމެ ދަތިޙާލުގައިނަމަވެސް ކިޔަވަން މަސައްކަތްކުރާށެވެ. މަގުފަހިކުރައްވަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން