ހިތްދަތިވިޔަސް އެހެންކަމެއް ކުރިމަތިވިޔަސް ހިފަހައްޓައިގެން ނުހުރެ ބޭރުކުރަން ބުނެވޭ ބަހުގެ އަޞްލުމާނަ ވަނީ ގިނަ ބައަކަށް އޮޅިފަ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ހިތްދަތިވިޔަސް އެހެންކަމެއް ކުރިމަތިވިޔަސް ހިފަހައްޓައިގެން ނުހުރެ ބޭރުކުރަން ބުނެވޭ ބަހުގެ އަޞްލުމާނަ ވަނީ ގިނަ ބައަކަށް އޮޅިފަ!: މުފްތީ މެންކް

ހިތްދަތިކަމެއް ކުރިމަތިވިޔަސް އަދި އެހެން ކަމެއް ކުރިމަތިވިޔަސް ހިތުތެރޭގައި ފޮރުވައި ސިއްރުކޮށް ހިފަހައްޓައިގެން ނުހުންނަން ބުނެވޭ ބަހުގެ މާނަ ގިނަ ބައަކަށް ވަނީ އޮޅިފައެވެ. އެހެންވެ އެކަމުގެ ވާހަކަ ޙިއްޞާކުރަނީ ކޮންމެވެސް މީހަކަށެވެ. ނުވަތަ ބައަކަށެވެ. އެއީ އެކަން ކުރަން އޮތްގޮތެއް ނޫނެވެ.  

ހިތުގައި އަޅާވޭންތައް ނުހިފަހައްޓައި ހާމަކުރަން ބުނެވޭބަހުގެ މާނައަކީ އެކަންކަން ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވައި ދުޢާކުރުމެވެ. ތިބާ ދަންނަވަން ބޭނުންވާ ހުރިހާ ވާހަކަތަކެއް ދަންނަވަމުން ގެންދާށެވެ. ތިބާއަށް ފަސޭހަ ބަހަކުންނެވެ. ބޭނުންވަރަކަށެވެ. ކިތަންމެ ގިނަ ފަހަރު، ކިތަންމެ ދިގުކޮށްވެސް ދަންނަވަމުން ގެންދަންވީއެވެ. ﷲ ތަޢާލާ އައްސަވައި ވޮޑިގެންވެއެވެ.  

ހިތްތަކަށް އުފާވެރިކަން ލިބުންވަނީ ﷲ ތަޢާލާ ހަނދުމަކުރުމުންނެވެ. އެއީ ވަހީ ބަސްފުޅެވެ. ވީމާ ހިތުގައި އަޅާ ވޭންތައްވެސް ﷲ ތަޢާލާ އާއި ހިއްޞާކުރުމުން ނޫނީ ހިތަށް ޙަޤީޤީ ހަމަޖެހުމެއްވެސް އަދި ޙަޤީޤީ އުފާވެރިކަމެއްވެސް ނުލިބޭނެއެވެ!  

އަދި ކީއްހެއްޔެވެ؟ ހިތުގަ އަޅާ ވޭންތައް އެންމެންނާ ހިއްޞާ ނުކުރާށެވެ! ޢަމުދުން ސޯޝަލްމީޑިއާގައި ޢާންމުނުކުރާށެވެ! ހަމްދަރުދީވާނީ މަދުމީހެކެވެ. ހެޔޮދުޢާކުރާކަމަށް ޕޯސްޓްކުރިނަމަވެސް ހެޔޮހިތުން ދުޢާކޮށްދޭނީވެސް މަދު މީހެކެވެ. އެހެން މީހުންނަށް ހާމަކުރާ ވަރަކަށް އެމީހަކު ބޭޒާރުވެ ފަޟީޙަތްވުން ނޫން އެއްވެސް ކަމެއް ނުވާނެއެވެ.  

މީގެ އިތުރުން ތިބާއަށް ވޭން ލިބޭނަމަ އުފާކުރާނެ މީހުންތަކެއްވެސް ތިބޭނެއެވެ. އެމީހުންކުރާ ދުޢާވެސް ތަފާތުވާނެއެވެ. ވީމާ ހިތުގައި އަޅާވޭންތައް ﷲ ތަޢާލާއަށް އެކަނި ދަންނަވަމުން ގެންދާށެވެ!   

ﷲ ތަޢާލާއަށް ކަންކަމުގައި ދަންނަވްމުން ގެންދާ މީހާ ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ފުރިހަމަގޮތުގައި ކިޔަމަންތެރިވެ ހަމައެކަނި އެކަލާނގެ ޙަޟްރަތުން ވާގިއެދޭށެވެ. ފުރިހަމަގޮތުގައި ވަކީލްކުރުމަކީ އެއީއެވެ. ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ވަޚީލްކުރާއަޅުންގެ ބެލެނިވެރިއަކަށް އެކަލާނގެ ފުދިވޮޑިގެންވާކަން ޔަޤީންކުރާށެވެ! އެފަދަ މީހުން އަބަދުވެސް ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން