ވީވަރަކުން ޤުރްއާނުގެ މާނަ ކިޔައި ދަސްކުރުމަކީ ކުރަންޖެހޭނެ ކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ވީވަރަކުން ޤުރްއާނުގެ މާނަ ކިޔައި ދަސްކުރުމަކީ ކުރަންޖެހޭނެ ކަމެއް!: ޝައިޚް ޢާޞިމް އަލްޙަކީމް

ޢަރަބި ބަސް އެނގެނީ މުސްލިމުންގެ ތެރެއިން މަދު ބައަކަށެވެ. އެއީ ދުނިޔޭގެ ގިނަ ބައަކަށް ޢަރަބިބަސް ނުއެނގޭތީއެވެ. ވީމާ ޤުރްއާން ކިޔަވާ ގިނަބައަކަށް މާނަ ނުއެނގެއެވެ. އެހެންވެ މާނަ ނުއެނގި ކިޔެވުމުން ޘަވާބު ދެއްވަވާނެތޯ ގިނަބައަކު ސުވާލުކުރެއެވެ. 

ޖަވާބަކީ ކިޔަވާށެވެ! ކިޔެވުމުން ޘަވާބު ދެއްވަވާނެތެވެ! ތިބާ ތިއަ ކިޔަވަނީ އެންމެހައި މަތިވެރިކަން ލިބިބިވޮޑިގެންވާ ﷲ ތަޢާލާގެ ވަޙީބަސްފުޅެވެ. ވަޙީބަސްފުޅުތަކަށް ލޯބިންނެވެ. 

ކީރިތި ޤުރްއާނުގެ އާޔަތްތައް ޢަރަބިބަހުން ކިޔެވިނަމަވެސް އެކަމަށް ޘަވާބު ދެއްވަވާނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ކިޔެވުމުގެ ފުރިހަމަ ފައިދާ މީހާއަށް ކުރާނީ މާނަވެސް އެނގިގެންނެވެ. ޢަމަލުވެސްކޮށްގެންނެވެ. 

ޤުރްއާން ކިޔެވުން ގިނަކުރާށެވެ! އަދި ވީވަރަކުން މާނަވެސް ކިޔާށެވެ! ހަނދާންކުރާށެވެ! އިޚްލާޞްތެރިކަމާއިއެކު އެންމެ އަކުރެއް ކިޔެވުމަކީވެސް އަޅުކަމެކެވެ. 10 ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- ޝައިޚް ޢާޞިމް އަލްޙަކީމް

މިއަދު އޮންލައިން