ހަނދުމަކޮށްދިނުމެއް!: ނަމާދުކުރާއިރު އިހްމާލްވެވޭ، އިޞްލާޙްކުރަންޖެހޭ 2 ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުކުރާއިރު އިހްމާލްވެވޭ، އިޞްލާޙްކުރަންޖެހޭ 2 ކަމެއް!

ނަމާދުކުރަން އޮތީ އެންމެ ފުރިހަމަ ގޮތުގައެވެ. މަސައްކަތްކުރަންވީ އެންމެ ފުރިހަމަ ގޮތުގައި ނަމާދުކުރުމަށެވެ. ނަމާދުކުރުމުގައިވެސް ﷲ ތަޢާލާއަށް ވަކީލްކުރަން އޮތީ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް، ޚާއްޞަކޮށް ޚުޝޫޢަތްތެރިވާން އެމީހަކަށް ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކުރުމަށްފަހުގައެވެ.

ނަމާދުކުރާއިރު މަސައްކަތްކުރަންވާނީ ލޯހުޅުވައިގެން ހުރުމަށެވެ. ނަމަވެސް ލޯމެރުންވެސް ހުއްދައެވެ. ލޯމަރަންވާނީ ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވުމަށެވެ. ލޯމެރުމުން ނަމާދުގައި މީހާގެ ޚުޝޫޢަތްތެރިކަން އިތުރުވާނެ ނަމައެވެ.

އަޅުކަންކުރާއިރު ލޯމަރައިގެން ތިބުމަކީ ޔަހޫދީންގެ ސިފައެކެވެ. ވީމާ ކެރިކުޅަދާނަވީވަރަކުން އިތުރުކަންބޮޑުވެގެންވަނީ މުސްލިމުން ނަމާދުކުރާއިރު ލޯހުޅުވައިގެން ތިބުމެވެ.

ދެވަނައަށް ފާހަގަކޮށްލަން ބޭނުންވަނީ ރުކޫޢު އަދި ސުޖޫދުގައި އަދި އެހެން މަޤާމެއްގައި ނަމަމަވެސް ހަމަޖެހިނުލައި އަވަސްއަރުވާލައިގެން ތެޅިފޮޅެގެން ތެދުވުމަކީ ކުށެއްކަމެވެ.

ރުކޫޢުންވެސް ސުޖޫދުންވެސް އަދި އެހެން މަޤާމްތަކުންވެސް ވަކިވާންވާނީ ވަރަށް ރަނގަޅަށް ހަމަޖެހިލައިގެންނެވެ. އަވަސްއަރުލައިގެން ނަމާދުކުރުމެއް ނެތެވެ. ރުކޫޢާ، ސުޖޫދާ އަދި މުޅި ނަމާދުވެސް ލަސްލަހުން ހަމަޖެހިލައިގެން ކުރާނަމަ އެމީހާގެ ދިރިއުޅުމުގެ ކަންކަމުގައިވެސް ﷲ ތަޢާލާ ހަމަޖެހުން މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން