އަނެކާގެ ބޮލުގަ ދޮގު އިލްޒާމް އަޅުވައި ފަޟީޙަތްކުރަން މަސައްކަތްކުރުމަކީ އެމީހަކުގެ ގައިގަ ޙައްދު ޖަހަންޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
އަނެކާގެ ބޮލުގަ ދޮގު އިލްޒާމް އަޅުވައި ފަޟީޙަތްކުރަން މަސައްކަތްކުރުމަކީ އެމީހަކުގެ ގައިގަ ޙައްދު ޖަހަންޖެހޭ ކަމެއް!

ފުރަތަމަ ކަމަކީ ދޮގު ހެދުމަށް ބިރުކެނޑިފައިވާ ކަމެވެ. އެއްވެސް ކުށެއް ނުކުރާ މީހުން ބަދުނާމުކޮށް ފަޟީޙަތްކުރަން ދޮގު ވާހަކަތައް ފަތުރަނީ ދޮގުހެދުމަށް ބިރުކެނޑުމުންނެވެ. 

މިއަދު ގާތް އެކުވެރިންކަމުގައި އުޅެފައި މާދަމާވެސް ޚިޔާލުތަފާތުވެ ދެބަސްވާހިނދު އަނެކާ ފަޟީޙަތްކުރުމަށް ދޮގުވާހަކަތައް ފަތުރަން ޖެހިލުން ނުވާ މީހުން ދަނީ ގިނަވަމުންނެވެ. އެހެންކަމުން އެކަމަކީ ކިހައިވަރެއްގެ ނުބައިކަމެއްކަން އެނގުމަކީ މުހިންމުކަމަކަށްވާތީ ދަންނަވާލަމެވެ. 

މިކަމުގެ ހުރި ނުރައްކައުތެރިކަން ބޮޑުކަމަށް ނިކަން ވިސްނައިލަބަލާށެވެ! 

އުއްމުލް މުއުމިނީން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަމަނާގެ ކުށެއްނެތްކަމުގެ އާޔަތްތައް ބާވައިލެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم މިސްކިތަށް ވަޑައިގެން މިންބަރަށް އަރާވަޑައިގެން އެ އާޔަތްތައް މީސްތަކުންނަށް ވިދާޅުވެދެއްވިއެވެ. އެއަށްފަހު މިންބަރުން ފައިބައިވަޑައިގެން، ދޮގުވާހަކަ ފެތުރުމުގައި ބައިވެރިވި ދެ ފިރިހެނުންނާއި، އަންހެނަކުގެ ގައިގައި ޙައްދު ޖެއްސެވުމަށް އަމުރުކުރެއްވިއެވެ.

{مشكاة المصابيح، كتاب الحدود، الفصل الثاني، ޙަދީޘް ނަންބަރު: 3579}

މިއަދު އޮންލައިން