ޙާލަތެއް ކުރިމަތިވާއިރަށް ކަންބޮޑުވެ އަމިއްލައަށް ދެރަވެ ނިކަމެތިވެގަންނަން ޖެހޭނެ އެކަކުވެސް ނުހުންނާނެކަން ޔަޤީންކުރަން އެންމެ ފަސޭހަ ސަބަބު!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
ޙާލަތެއް ކުރިމަތިވާއިރަށް ކަންބޮޑުވެ އަމިއްލައަށް ދެރަވެ ނިކަމެތިވެގަންނަން ޖެހޭނެ އެކަކުވެސް ނުހުންނާނެކަން ޔަޤީންކުރަން އެންމެ ފަސޭހަ ސަބަބު!: މުފްތީ މެންކް

އޭނާއަށް އުފަލުގަ ހުރެވިފަ ތިމާއަށް ހިތްދަތި ޙާލަތެއް ކުރިމަތިވެފައިވުމަކީ އެއްވެސް މައްސަލައެއް ކަމަށް ހަމައެކަކުވެސް ދެކެގެން ނުވާނެއެވެ. ކޮންމެ ދުވަހަކުވެސް އެއްބައަކު ތިބޭނީ އުފަލުގައެވެ. އަނެއް ބައަކު ތިބޭނީ ހިތްދަތިކަމުގައެވެ. އެއީ އެއްވެސް މައްސަލައެއް ނޫނެވެ.  

އެއީ ފެށުނީންސުރެ ދުނިޔެ ހިނގަމުންދާ ގޮތެވެ. އަދި ހިނގަމުންދާވެސް ގޮތެވެ. ވީމާ ހިތްދަތިކަމެއް ކުރިމަތިވުމަކީ އެހާބޮޑު މައްސަލައެއް ކަމަށް ނުދެކޭށެވެ. ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޙާލަތު ބަދަލުވުމަށް އުންމީދުކުރާށެވެ.  

ހިތްދަތިވާންޖެހޭ ޙާލަތެއް ކުރިމަތިވެއްޖެނަމަ ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ތިމާއަކީ އެއްވެސް ބޭނުމެއް ނެތް، ބާކީވެފައި ހުރި މީހެއްކަމަށެވެ. ދުނިޔޭގައި އުޅެން މަސައްކަތްކުރުމުގެ އެއްވެސް ބޭނުމެއް ނެތް މީހަކު ކަމަށެވެ. 

އެހެންވެ އަހުރެން ހަމަ އެންމެކަމެއް ފާހަގަކޮށްލައި ތިއަ ގެންގުޅެވޭ ވިސްނުމަކީ ދެކޮޅުޖެހޭ ވިސްނުމެއް ނޫންކަން ޘާބިތުކޮށްދޭނަމެވެ.  

އިންސާނީ ދަރިފަސްކޮޅުގެ ބަފައިކަލުން ކަމުގައި ލެއްވެވި އާދަމްގެފާނުން ފެށިގެން މިހައިތަނަށް ބަލާށެވެ! އެތައް ހާސް ގޮތަކުން ތަފާތު ނޫން މީހަކު އެބަހުރި ހެއްޔެވެ؟ އަހުރެމެންނަށް ނުއެނގި ހިނގައިދާނެއެވެ. އެކަމަކު ޔަޤީންކަމާއިއެކު އެނގެން އޮތް ކަމެއް އެބައޮތް ނޫންހެއްޔެވެ؟ އެއީ އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާން ދިމާނުވާކަމެވެ.  

ތިބާއަކީ އެހައިދެރަ ނިކަމެތި މީހަކު ކަމުގައިވާނަމަ ތިބާއަށްވެސް އެ ޚާއްޞަކަން ދެއްވަވާފައިވަނީ ކީއްވެގެންހެއްޔެވެ؟ ތިބާގެ އިނގިލީގެ ނިޝާން އެހެން ކޮންމެވެސް މީހަކާއި ދިމާވާންވީ ނޫން ހެއްޔެވެ؟ ދިމާ ނުވަނީ ހަމަ އެހެން މީހުން ފަދައިން ތިބާއަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި ޚާއްޞަވެގެންވާ މީހަކަށްވާތީއެވެ.  

ދެން އޮތީ ދަތިތަކާއި މުޞީބާތްތައް ކުރިމަތިވުމެވެ. އެކަންކަން ކުރިމަތިނުވަނީ ކާކަށް ހެއްޔެވެ؟ މުޅި ދުނިޔޭގައި ތިބި އެންމެންނަށްބެލި ނަމަވެސް އެކަންކަން ކުރިމަތިވެފައިނުވާ ހަމައެކަކުވެސް ނުހުންނާނެއެވެ. ތަފާތުވާނީ ކުރިމަތިކުރައްވަވާ ކަންކަމާއި ކުރިމަތިކުރައްވަވާ މިންވަރެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން 

 

 

މިއަދު އޮންލައިން