ދުޢާކުރުމުގަ އެންމެ ފައިދާބޮޑު ގޮތް-!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ދުޢާކުރުމުގަ އެންމެ ފައިދާބޮޑު ގޮތް-!: ޑރ. ޔާސިރު ޤާޟީ

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިކިޔޭ އެއްޗެއް ހިތަށް އެނގިގެން ހިތުންކުރާ ދުޢާގެ ބުރަދަން ތިމާއަށް މާނަ ނުއެނގޭ ޙާލު ދުލުން ކިޔައިލާ ބަސްތަކެއްގެ ގޮތުގައި ޢަރަބިބަހުން ކުރާ ދުޢާއަށްވުރެ ފައިދާ މާބޮޑެވެ.  

އެހެން ނުވާނީ ކީއްވެގެން ހެއްޔެވެ؟ ދުޢާކުރުން އޮތީ ދުލަކުން ނޫނެވެ. ހިތުންނެވެ. އެއްވެސް ޙާލެއްގައި ޙަޤީޤީ ދުޢާއަކީ ދުލުން އަމުނައިލާ ބަސްތަކެއް ނޫނެވެ. ޙަޤީޤީ ދުޢާއަކީ އެކަމަކަށް އެދި އެމީހާގެ ހިތުން ﷲ ތަޢާލާއަށް ދަންނަވާ ދެންނެވުމެވެ.  

ވީމާ ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރާށެވެ! އެމީހާގެ ބަހުންވިޔަސް އެއީ މައްސަލައެއް ނޫނެވެ. އަދި އެހެން ބަހަކުން ކުރިނަމަވެސް އެއީ އެއްވެސް މައްސަލައެއް ނޫނެވެ. މުހިންމީ ދުޢާގައި ކިޔޭ އެއްޗެއް ތިމާގެ ހިތްމައްޗަށް ގެނައުމެވެ. ހިތްމައްޗަށް އެކަންކަން ގެންނަމުން ދުޢާކުރުމެވެ.  

މީސްތަކުންނޭވެ! ކޮންމެ ކަމަކަށް ބޭނުންވި ނަމަވެސް ދުޢާކުރުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ. ދުޢާ ނުކުރުމަކީ އެމީހަކަށް ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާ ކަމެކެވެ. އަދި އެއީ ބޮޑާ، ކިބުރުވެރި މީހުންގެ ސިފައެކެވެ. ވީމާ ދުޢާކުރުމަކީވެސް ހަމަ މަތިވެރިވެގެންވާ އަޅުކަމެކެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

މިއަދު އޮންލައިން