އެއްޗެއް ބޭއްވުނުތަން ހަނދާންނެތުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އިމާމް އަބޫ ޙަނީފާ ދެއްވި ނަޞޭޙަތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެއްޗެއް ބޭއްވުނުތަން ހަނދާންނެތުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ޢަމަލުކުރަން އިމާމް އަބޫ ޙަނީފާ ދެއްވި ނަޞޭޙަތް-

ކިތަންމެ މުހިންމު އެއްޗެއް ކިތަންމެ ބޮޑަށް ރައްކައުކޮށްގެން ގެންގުޅުނަސް ބައެއް ފަހަރު ބޭއްވުނުތަން ހަނދާން ނެތުން ފަދަ ކަންކަން ކުރިމަތިވެއެވެ. އެހެންވެ މިބަޔާންކުރަނީ އެފަދަ ޙާލަތުގައި ޢަމަލުކުރަން އިމާމް އަބޫ ޙަނީފާ ދެއްވި ނަޞޭޙަތެވެ.

ލިޔުން ވިދާޅުވެލައްވާއިރު އިތުރަށް ވިސްނަވައިލައްވަންވީ ނަމާދަށް ފެށުމުން ނަމާދުން މީހާ ބޭރުކުރަން ޝައިޠޯނާ ބޭނުންވާ މިންވަރަށާއި އެކަމުގައި ޝައިޠޯނާ ހައްދުފަހަނައަޅައިޑާ މިންވަރަށެވެ.

ނަމާދަށް ހުއްޓޭއިރަށް ޝައިޠޯނާ މޮޔަވެގެން ދުވަން ފަށާނެއެވެ. އެމީހަކު އެންމެ ލޯބިވާ މީހާގެ މަތިން ހަނދާންކޮށްދޭނެއެވެ. ކުރަން އެންމެ ބޮޑަށް ޝައުޤުވެރިވާ ކަންކަންމަތިންވެސް ހަނދާންކޮށްދޭނެއެވެ. އެހެނަސް ނަމާދު ފުރިހަމަކުރެވެން އޮތީ އެކަންކަމަށް ސަމާލުކަން ދެވުނު ވަރަކުންނެވެ. މިކިޔައިދެނީ މިކަމާއި ގުޅުންހުރި ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.

އެ ޒަމާނަކީ ކޮންމެ ކަމެއް ދިމާވިނަމަވެސް މީސްތަކުން ދިނީ އިމާމުންގެ ލަފާ ހޯދަމުން ދިއަ ޒަމާނެވެ. އެގޮތުން އެއްދުވަހަކު އިމާމް އަބޫ ހަނީފާގެ މީހަކު އައިސް ވަރަށް ދެރަވެފައި ދެންނެވިއެވެ.

"އަޅުގަނޑަށް އެއްކުރެވިފައިހުރި ހުރިހާ ފައިސާކޮޅު ފޮރުވަން އެކިފަހަރު އެކިތަނަށް ލަމުން ގޮސް އެންމެފަހުން ލެވުނު/ބޭއްވުނުތަން ހަނދާންނެތިއްޖެއެވެ. މި ފައިސާކޮޅު ބޭއްވުނުތަނެއް ހަނދާންވާނެ ގޮތެއް ވިދާޅުވެފާނަންތޯއެވެ؟"

ޖަވާބުގައި ވިދާޅުވިއެވެ. "މިރޭ ދަމުނަމާދުކުރާށެވެ! އަދި ނަމާދަށްފަހު ދުޢާކުރާށެވެ!"

އަނެއްދުވަހު އޭނާ އިމާމްގެ އަރިއަހަށް ދިއައީ ހިނިތުންވެގެންހުރެއެވެ. އަދި ވީގޮތަކާއިމެދު އިމާމް ސުވާލުކުރެއްވެވުމުން ދެންނެވިއެވެ. "ދަމުނަމާދަށް ޙަރަމްބަންތަނާ ފައިސާކޮޅު ބެހެއްޓުނުތަން ހަނދާންވެއްޖެއެވެ. ފައިސާކޮޅު ފެނިއްޖެއެވެ."

އިމާމް ވިދާޅުވިއެވެ. "ތިއަކަން ތިހެންވާނެ ކަމަށް އުންމީދުކުރެއްވީމެވެ. އެއީ ނަމާދަށް ޙަރަމްބަންނައިރަށް އެމީހަކު އެންމެ ޝައުޤުވެރިވެގެން ހުންނަ ކަންކަން ޝައިޠޯނާ އެމީހަކަށް ހަނދާންކޮށްދޭނެތީއެވެ. ނަމާދު ފުރިހަމަކުރަން ހުރަސްއަޅާނެތީއެވެ."

ލިބިގަންނަން ޖެހޭ ފިލާވަޅަކީ ނަމާދުކުރާއިރު ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެވިގެން ހުރެ ނަމާދުކުރަން މަސައްކަތްކުރުމުގެ މުހިންމުކަމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން