ރޭއަޅުކަމުގެ 2 ރަކްޢަތް ކުރެވުނަސް އެއީ މައްސަލައެއް ނޫން! އޮތީ ކުރަމުން ގެންދިއުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރޭއަޅުކަމުގެ 2 ރަކްޢަތް ކުރެވުނަސް އެއީ މައްސަލައެއް ނޫން! އޮތީ ކުރަމުން ގެންދިއުން!

"އަޅުގަނޑަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ އަންހެނަކީމެވެ. ކުޑަ 4 ކުދިން ބަލަމެވެ. ފިރިމީހާއަށް ޚިދުމަތް ކުރަމެވެ. ފިރިމީހާއަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހޭތީ އާމްދަނީ ހޯދަން މަސައްކަތްކުރަމެވެ. އަޅުގަނޑު ފަރުޟް ނަމާދުތަކަށް ރައްކައުތެރިވަމެވެ. އެކަމަކު ރޭއަޅުކަމުން ކުރެވެނީ 2 ރަކްޢަތެވެ. ފަތިހު ކުނިކަހަން މިއަންނަނީ ރޭއަޅުކަންވެސްކޮށްގެންނެވެ."  

މިއީ މަގުމަތި ކުނިކަހާ އަންހެނަކު ބުނެފައިވާ ވާހަކަކޮޅެކެވެ. އޭނާގެ އެއްވެސް މައްސަލައެއް ނެތެވެ. ރޭއަޅުކަމުގެ 2 ރަކްއަތް ނަމަވެސް ކުރާތީއެވެ. އެގޮތަށް ކުރަމުން ގެންދާނަމަ އިތުރުކުރުމުގެ ތައުފީޤްވެސް ދެއްވަވާނެތެވެ.  

އޭނާފަދައިން ބުރަކޮށް މަސައްކަތްކުރަން ނުޖެހޭ މީހުން ވިސްނައިލާށެވެ! ތިމާއަށް އެންމެ ކުޑަމިނުން އެބަ ފަރުޟު ނަމާދުތައް ކުރެވޭ ހެއްޔެވެ؟ އެންމެކުޑަމިނުން ވިތުރި ކޮށްލެވޭ ހެއްޔެވެ؟  

ތިރީގައިވާ ބަސްކޮޅުން މިވާހަކަކޮޅަށް ދަލީލު ހޯއްދަވައި ހިތްވަރު އިތުރުކުރައްވާށެވެ!  

ރޭއަޅުކަން ކުރުމުގައިވެސް ބަލަންވީ އެމީހަކަށް ބުރައަކަށްނުވެ ދާއިމީ ގޮތަކަށް ކުރެވޭނެ މިންވަރަށެވެ. އެއްރޭ ގިނައިރުތަކެއްވަންދެން އަޅުކަންކޮށްފައި އެތައް ދުވަހަކު ނުކޮށް ހުރުމެއް ނެތެވެ. އޮތީ ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް ދާއިމީ ގޮތެއްގައި ކުރެވޭނެ މިންވަރަކަށް ކުރުންމަތީގައި ދެމިހުރުމެވެ.  

އަޅުކަންކުރުން ހުއްޓާލައިގެން ނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ މަރު އައިސް އެމީހަކާއި ބައްދަލުކުރަންދެން އަޅުކަންކުރުމުގައި ދެމިހުރުމަށެވެ.

 

- ޝައިޚް މުޙައްމަދު އަނީލްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:

 

 

މިއަދު އޮންލައިން