އެންމެ ފަހު ނޭވައާ ހަމައަށްވެސް އިސްލާމް ދީނުގަ ޘާބިތުވެ ހުރުމަށް އެދޭމީހާ ކުރަންޖެހޭ ބައެއްކަންކަން-: ޑރ. ޢަލީ ޒާހިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
އެންމެ ފަހު ނޭވައާ ހަމައަށްވެސް އިސްލާމް ދީނުގަ ޘާބިތުވެ ހުރުމަށް އެދޭމީހާ ކުރަންޖެހޭ ބައެއްކަންކަން-: ޑރ. ޢަލީ ޒާހިރު

ހަވާ ނަފްސް އަބަދުވެސް އެދޭނީ ކަންނެތްކަމަށެވެ. އަރާމުކުރުމަށެވެ. (އަޅުކަންނުކޮށް ހުރުމަށެވެ.) އެހެންކަމުން ހަވާ ނަފްސާއި ދެކޮޅަށް އަބަދުވެސް ޖިހާދުކުރަންޖެހޭނެއެވެ. ރަސޫލް އެންމެ ގިނައިން ސަޖިދައިގައި ކުރެއްވެވި އެއް ދުޢާއަކީ ދީނުގައި ޘާބިތުކަން ދެއްވެވުން އެދި ކުރެއްވެވި ދުޢާއެވެ. އަޅި އަޅުކަންކުރުމުގައި ޘާބިތުކަން ދެއްވެވުން އެދި ކުރަންވީ ދޫޢާތައް ވަނީ މީސްތަކުންނަށް އުނގަންނަވައި ދެއްވަވައިފައެވެ. އެކަމުން އެނގިގެންދަނީ ޘާބިތުކަން ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރުމުގެ މުހިންމުކަން ބޮޑުކަމެވެ. 

ހަމައެފަދައިން އެކުވެރިންކަމުގައި ޚިޔާރުކުރަންވާނީ ހެޔޮލަފާ މީހުންނެވެ. ޙަދީޘްފުޅުގައި އޮތީ މީހާވަނީ އެކުވެރިޔާގެ ދީންމަތީގައި ކަމަށެވެ. މާނައަކީ އެކުވެރިޔާ ކުރާ ކަންކަން އެމީހަކުވެސް ކުރާނެ ކަމެވެ. މިޘާލަކަށް އެކުވެރިންނަކީ ނަމާދުކުރާ ބައަކު ނަމަ އެމީހަކުވެސް ނަމާދުކުރާނެއެވެ. (ހަމައެފަދައިން ނުބައި ޢަމަލުތައްކުރާ މީހުންނާއިއެކުވެރިވެގެން އުޅޭނަމަ އެމީހުން ކުރާ ނުބައި ޢަމަލުތައްވެސް ކުރާނެއެވެ.!) 

ހަމައެފަދައިން ދީނުގައި ޘާބިތުވާން އެދޭމީހާ ކީރިތި ޤުރްއާނުގައިވާ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންގެ ވާހަކަތައް ކިޔައި އުނގެނެންވާއެވެ. އެބޭކަލުންނަށް ކުރިމަތިވެވަޑައިގެންނެވި ކަންކަމުގެ ވާހަކަތަކާއި ޘާބިތުވެވަޑައިގެންނެވި ގޮތުގެ ވާހަކަތައް ކީރިތި ޤުރްއާނުގައި އެހައި ގިނައިން ގެންނަވާފައި އެވަނީ ވަރަށް ބޮޑު ބޭނުމެއްގައެވެ. އެއިން އަހުރެމެން ޢިބްރަތް ޙާޞިލުކުރުމަށެވެ.

 

- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސް އަޑު އައްސަވައިލެއްވުމަށް:

 

މިއަދު އޮންލައިން