ހަށިގަނޑު ފަލަވާން ދޫކޮށްނުލާށެވެ! އެއީ ނަމާދުކުރަންވެސް އުނދަގޫތައް ކުރިމަތިވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ހަށިގަނޑު ފަލަވާން ދޫކޮށްނުލާށެވެ! އެއީ ނަމާދުކުރަންވެސް އުނދަގޫތައް ކުރިމަތިވާ ކަމެއް!

ހަށިގަނޑު ފަލަވާ ސަބަބުތައް ބައިވަރެވެ. އެއިގެ ތެރޭގައި އެމީހާގެ ބާރު ނުހިނގާ ސަބަބުތައްވެސް ހުރެއެވެ. އެކަމަށް ކުރެވޭނެ ކަމެއް ނުއޮންނާނެއެވެ. ނަމަވެސް ގިނަ މީހުން ފަލަވަނީ އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭތީއެވެ. ކައިބޮއި ހެދުމުގައި ބަލަންޖެހޭ ކަންކަމަށް ނުބެލޭތީއެވެ. ކަސްރަތުނުކުރެވޭތީއެވެ. 

މިނަށްވުރެ ބޮޑަށް ފަލަވުމަކީ ޞިއްޙީގޮތުނަ ބޮޑެތި މައްސަލަތައް ކުރިމަތިވާ ކަމެކެވެ. ނުރައްކާތެރި އެތައް މައްސަލަތެއް ކުރިމަތިވާ ކަމެކެވެ. ދައްކަން މިއުޅެނީ އެކަންކަމުގެ ވާހަކައެއް ނޫނެވެ. ދައްކަން މިއުޅެނީ ހަށިގަނޑު ފަލަވެގެންދިއުމުން ނަމާދުކުރަންވެސް އުނދަގޫވާވާހަކައެވެ. 

ނަމާދުގައި ކޮއްޅަށް ހުންނަން އުނދަގޫވެއެވެ. ރުކޫޢު ސުޖޫދުކުރަން އުނދަގޫވެއެވެ. އިށީނދެ އިނދެގެން ނަމާދުކުރަންޖެހޭ ޙާލަތަށް މީހާގެ ކަންކަން ދެއެވެ. އެއީ ވަރަށް ދެރަޙާލަތެކެވެ. އެގޮތަށް ނަމާދުކުރަން ޖެހުމުން ނަމާދުކުރުމުން ލިބޭ ހިތްހަމަޖެހުންވެސް ނުލިބޭނެއެވެ. ޚާއްޞަކޮށް ސަޖިދަ ނުކުރެވޭނަމަ އެއީ ވަރަށް ދެރަވާންޖެހޭ ކަމެކެވެ. 

ކުރިމަތިވާ ޞިއްޙީ ސަބަބުތަކުގެ އިތުރުން މިސަބަބުތަކަށްޓަކައިވެސް ހަށިގަނޑު މިނަށްވުރެ ފަލަވިޔަނުދީ ކޮންޓްރޯލްކޮށް ހިފަހައްޓަން މަސައްކަތްކުރަންޖެހެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން