ޝިފާއަށް އެދިގެންވެސް ޘަވާބަށް އެދިގެންވެސް ޙައިޟްވެރިންނަށާ ނިފާސްވެރިންނަށް މުޞްޙަފުގަ ނުބީހި ޤުރްއާން ކިޔެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ޝިފާއަށް އެދިގެންވެސް ޘަވާބަށް އެދިގެންވެސް ޙައިޟްވެރިންނަށާ ނިފާސްވެރިންނަށް މުޞްޙަފުގަ ނުބީހި ޤުރްއާން ކިޔެވޭނެ!

ޝިފާއަށް އެދި ސޫރަތުލްފާތިޙާ (އަލްޙަމްދް) އާއި އެނޫންވެސް ބައެއް އާޔަތްތައް ކިޔަވާ އަންހެނުންނަށް ނުަވަތަ ޙައިޟުގެ ދުވަސްވަރު ކުރިމަތިވާ ކަމަކުން ޝިފާއަށް އެދި ޤުރްއާން ކިޔެވިދާނެތޯ ކިޔުންތެރިން ސުވާލުކުރައްވާތީ ޖަވާބު ހަނދުމަކޮށްލައިދޭނަމެވެ.

"ޙައިޟުވެރިޔާއާއި ނިފާސްވެރިޔާ އަށް ދުޢާތަކާއި ގުރްއާން ކިޔެވުމަކީ ހުއްދަކަމެކެވެ. އެހެންނަމެސް މުޞްޙަފްގައި އަތް ނުލައެވެ. ޙައިޟުވެރިޔާ އާއި ނިފާސްވެރިޔާ ގުރްއާން ނުކިޔެވޭނެކަމަށް އައިސްފައިވާ ޙަދީޘަކީ ބަލި ޙަދީޘެކެވެ. އެހެންކަމުން އެޙަދީޘުން ދަލީލެއް ނުނެގޭނެއެވެ. ގުރްއާން ކިޔެވުން މަނާކުރައްވާފައިވަނީ ޖުނުބުވެރިޔާ ޖުނުބުވެރިކަން މަތީ ހުރެގެންނެވެ." واللهأعلم 

- ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން