ތިމާގެ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމަކީ ކުޑަކަމެއް ނޫނެވެ! އެދެވެނީ ޢާއިލާގެ މީހަކުވެސް ނެތް ތަނަކަށެވެ. އަލައިލާނެ ބައަކުވެސް ނުތިބޭނެއެވެ.
ރާއްޖެއަށް ބަލައިފިނަމަ ކައިވެނިކޮށްގެން ފިރިމީހާގެ ނުވަތަ އަނބިމީހާގެ ރަށަށް ހިޖުރަކުރަންޖެހުމަކީ ޢާންމުކަމެކެވެ. ވީމާ މިފަދައިން ދުޢާކުރަންވާނެއެވެ.
މިއީ ރަސޫލް ﷺ މައްކާ ދޫކުރައްވަވައި މަދީނާއަށް ހިޖުރަ ކުރައްވަވަމުން ކުރެއްވެވި ދުޢާއެވެ! ވީމާ އެމީހަކު ދިރިއުޅޭ ރަށް ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރާނަމަ މިދުޢާއަކީ ކުރަން އޮތް ދުޢާއެކެވެ.
މިދުޢާގައި ހމެނިގެންވާ ދެވަނަ ބައަކީ ހިޖުރަކުރާ ރަށުން އެމީހަކަށް ވާގިވެރިވާނެ ބައަކު މިންވަރުކޮށްދެއްވެވުމެވެ.
رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا
"އަޅުގެ ވެރި ރަސްކަލާކޮ! އިނބަ ރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި ތިމަން އަޅާ ވައްދަވާނދޭވެ! އިނބަރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތުގައި މިއަޅާ ނެރުއްވަވާނދޭވެ! އަދި ނަޞްރު ދެނިވި ބާރެއް އިނބަރަސްކަލާނގެ ޙަޟްރަތުން މިއަޅާއަށް ދެއްވަވާނދޭވެ!"
“My Lord! Let my entry [to the city of Al-Madinah] be good, and [likewise] my exit [from the city of Makkah] be good. And grant me from You an authority to help me [or a firm sign or a proof].”