އަބަދުވެސް ކުރަން ފައިދާހުރި ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަބަދުވެސް ކުރަން ފައިދާހުރި ދުޢާއެއް!

ކޮންމެ ރަމަމާން މަހެއް ނިމިގެންދާއިރުވެސް އެމަހުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ނުހިފުނު ބައަކު ތިބޭނެއެވެ. އެހެންވެ ނަޞީޙަތުގެ ގޮތުން ބަހެއް ބުނެލަން ބޭނުންވަނީ މިދިއަ ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ނުހިފުނު މީހުންނަށެވެ. 

ރަމަޟާން މަސް ނިމުމަކުން އަދި އެއީ އެމީހާޤއަށް ހުރި ހުރިހާ ދޮރުތަކެއް ބަންދުވީއެއް ނޫނެވެ. ރަމަޟާން މަހަށް ފަހުގައިވެސް ހެޔޮ ޢަމަލުކޮށް ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ އެކަމަށް އެމީހަކަށް ތައުފީޤް ދެއްވަވާނެތެވެ. އިން ޝާ ﷲ 

ވީމާ ނިމިގެންދިއަ ރަމަޟާން މަހު އެންމެ ރަނގަޅު ގޮތުގައި އަޅުކަން ނުކުރެވުނު މީހުންވެސް މާޔޫސްނުވާށެވެ! އިތުރު ހިތްވަރެއްލާފައި އަޅުކަންކުރަން މަސައްކަތްކުރާށެވެ! ފާފަތައް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކަށް ތަޤްވާވެރިކަން އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ ދުޢާކުރާށެވެ! 

"ޔާ ﷲ! އިނބަ ﷲ ލޯބިވެވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ މިއަޅާގެ ފުރާނަ ނުގެންދަވާނދޭވެ! ނަރަކައިގެ ޢަޛާބުންނާއި ކައްވަޅުގެ ޢަޛާބުން މިއަޅާ ސަލާމަތްކުރައްވަވާނދޭވެ! މިއަޅާއަށްޓަކައި ކައްވަޅަކީ އަލި، ތަނަވަސް ތަނެއް ކަމުގައި ލައްވަވާނދޭވެ!" 

މިފަދަ ދުޢާތައް ކުރަމުން އެމަގުން ޢަމަލުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ﷲ ތަޢަލާގެ މަގަށް ރުޖޫޢަވެ، އެމަގުގައި ޘާބިތުވާން އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރާ އެއްވެސް އަޅަކު ބާކީ ނުކުރައްވަވާނެތެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން