ފޭކް އައިޑީތަކުގަވިޔަސް މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ޖެހޭނީ ޢަޛާބާ ކުރިމަތިލާން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ފޭކް އައިޑީތަކުގަވިޔަސް މީހުންގެ ޙައްޤުތަކަށް އަރައިގަންނަ މީހުންނަށް ޖެހޭނީ ޢަޛާބާ ކުރިމަތިލާން!: މުފްތީ މެންކް

މީހަކާއިމެދު ޙައްޤުބަހެއް ބުނާނަމަ ކުރިމަތީގައި ބުނަން ނުކެރެންވީ ސަބަބެއް ނެތެވެ. ސޯޝަލް މީޑިއާގައި ބަހެއް ބުނާނަމަ ތިމާޢަކީ ކާކުކަން އެނގޭ ގޮތަށް ތިމާގެ އަމިއްލަ ނަމުގައި ބުނަން ނުކެރެނީ ކީއްވެގެން ހެއްޔެވެ؟ ވަގު އައިޑީތައް ބޭނުންކުރަންޖެހެނީ މިހަދަނީ ދޮގުކަން އެނގޭތީ ފިލައިހުރެ ދޮގުހަދައި ދޮގުފަތުރަން ނޫން ހެއްޔެވެ؟

މިއަދު ގިނަ ބައަކު އެންމެ ބޮޑަށް ފޭލްވެފައި މިވަނީ މީސްތަކުންގެ ޙައްޤުތައް އަދާކުރުމުގައެވެ. އެކަމުގައި އިންތިހާއަށް ފޭލްވެފައިވާއިރު ސޯޝަލް މީޑިއާގައި ދައުރުކުރާ މެސެޖުތަކުގެ 70 އިންސައްތައަށްވުރެ ގިނައީ މީސްތަކުންގެ އަބުރަށާއި ކަރާމާތަށް އަރައިގަނެފައިވާ މެސެޖުތަކެވެ. ނަފްރަތުކުރާ މީހާގެ ޙައްޤުތަކަށް އަރައިގަނެ ލޭ ބުއިމުގައި ހައްދު ފަހަނައަޅާފައި ތަކެއްޗެވެ.

އެހެންކަމުން މިބާވަތުގެ އަމަލުތައް ކުރާ މީހުން މިކަންކަމަށް އިތުރަށް ވިސްނައި ހޭލުންތެރިވެ ޢާޚިރަތް ހޯދަން ވިސްނުމުން ނޫނީ ދެން މެދުވެރިވެދާނެ ޙާލަތަށް ވިސްނައިލުން ކިތަންމެހައިވެސް މުހިންމުކަން ފާހަގަކުރަމެވެ.

ކިތަންމެ ބޮޑަކަށް ފިލައި ހުރެ ސޯޝަލް މީޑިއާގައި ފޭކް ނަމެއްގައި ލިޔެގެން ނަމަވެސް އަދި ތަޞްވީރެއް، ނުވަތަ ކާޓޫނެއް ކުރަހައިގެން ނަމަވެސް އަދި އެނޫން ގޮތަކުން ނަމަވެސް އެއްވެސް މީހެއްގެ ޙައްޤަކަށް އަރައިގަނެ، ޙައްޤު ނޫން އިލްޒާމެއް އެއްވެސް މީހެއްގެ ބޮލުގައި އަޅުވައިފިނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ.

ކިތަންމެ ފޭކް ނަމެއްގައި ލިޔުނު ނަމަވެސް އެކަންކުރީ ކާކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ. އެމީހެއްގެ ކޮނޑުގައި ތިއްބަވާ މަލާއިކަތުން އެމީހެއްގެ ފަތުގައި އެމީހާގެ އެ ޢަމަލު ލިޔުއްވަވާނެތެވެ! ދުވާލަކު ކިތަނމެ ގިނަ ފަހަރަށް ނަން ބަދަލުކުރިނަމަވެސް ފަތުގައި އެކަންވެސް ލިޔުއްވަވާނެތެވެ.

މީސްތަކުންނޭވެ! އެބާވަތުގެ ނުބައި ޢަމަލުތައް ކުރުން ހުއްޓައިލާށެވެ! ތައުބާވާށެވެ! މާފަށް އެދެންޖެހޭ މީސްމީހުންގެ ކިބައިން މާފަށްވެސް އެދޭށެވެ. އަދި އެމީހުންނަށްޓަކައި ހެޔޮ ދުޢާވެސް ކުރާށެވެ! ސަލާމަތްކަން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން