ދަތިޙާލެއްގަ އުޅެންޖެހުނަސް ވިސްނާތި! ގިނަވާނީ އަތުން އެއްޗެއް ނުދޭނެއިރު ހެޔޮދުޢާކޮށްދޭނެކަމަށް ބުނެފަ ދުޢާކޮށްދޭންވެސް ހަނދާން ނުހުންނަ މީހުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
ދަތިޙާލެއްގަ އުޅެންޖެހުނަސް ވިސްނާތި! ގިނަވާނީ އަތުން އެއްޗެއް ނުދޭނެއިރު ހެޔޮދުޢާކޮށްދޭނެކަމަށް ބުނެފަ ދުޢާކޮށްދޭންވެސް ހަނދާން ނުހުންނަ މީހުން!

ކޮންމެ މީހެއްގެވެސް އެކުވެރިންތަކެއް ތިބޭނެއެވެ. އެކުވެރިން ތިބުމަކީ އެއެންމެންނަށް ތިބާ އަށް ކުރިމަތިވާ ހުރިހާ ކަންކަން ކިޔައިދޭންޖެހޭ ސަބަބެއް ނޫނެވެ. ޚާއްޞަކޮށް ދަތިޙާލެއްގައި އުޅެންޖެހިފައިވާނަމަ އެކަން އެންމެންނަށް ކިޔައިނުދޭށެވެ.  

ސަބަބާއިމެދު ވިސްނާށެވެ! މިޘާލަކަށް ތިބާގެ ގާތް އެކުވެރިންގެ ގޮތުގައި 10 މީހުން އެބަތިއްބެވެ. އެއެންމެންނަށް ތިބާގެ ޙާލަތު ކިޔައިދިނަސް އެހީތެރިވާނީ ގިނަފަހަރު ހަމަ އެންމެ މީހެކެވެ. އެހެން މީހުން ބުނާނީ ތިބާއަށްޓަކައި ހެޔޮދުޢާކުރާ ކަމަށެވެ. އެހެން ބުނެފައި ދުޢާކުރަންވެސް ގިނަ ފަހަރު ހަނދާނެއް ނުހުންނާނެއެވެ!  

ނިކަން ވިސްނަބަލާށެވެ! ކޮންމެ މީހެއްގެވެސް އެމީހެއްގެ ފެންވަރުން ތަނަވަސް މީހުން އެކުވެރިންގެ ތެރޭގައި ތިބޭނެއެވެ. ދަތިޙާލެއް ކުރިމަތިވުމުން އެމީހުން އެހީތެރިވާނަމަ ދަތިޙާލުގައި އުޅެންޖެހޭނެ މީހުން ހާދަ މަދުވީހެވެ. ނަމަވެސް ދަތިޙާލުގައި އުޅެންޖެހޭ މީހުން މިދަނީ ދުވަހެއް ދުވަހަކަށް ގިނަވަމުންނެވެ.  

އަހުރެން ބުނާނީ ދެން އިތުރު އެއްވެސް ގޮތެއް ނެތިގެން ނޫނީ އެއްވެސް މީހެއްގެ ކިބައިން ކަމަކަށް ނުއެދޭށެވެ. ލިބޭ މިންވަރުން ފުއްދައިގެން އުޅެން މަސައްކަތްކުރާށެވެ! ބޭނުންވާ ހުރިހާ ކަންކަން ނުކުރެވުމަކީ މައްސަލައެއް ކަމަށް ނުދެކޭށެވެ!

ތިމާއަށް ކުރިމަތިވާ ދަތިތަކުގެ ވާހަކަ ގިނަގިނައިން ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާށެވެ! ދުޢާކުރުން ގިނަކުރާށެވެ! ވަކީލްކޮށް ދުޢާކުރާ އަޅުންނަށް ނިޢުމަތްތައް އިތުރުކޮށް ދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން