ޢާއިޝަތި ރަފާޙް ޢަލީ
· ބަހުގެ އިބާރާތްތަކާއި ބަހުގެ ނޫން އިބާރާތްތައް ދެނެގަތުން:
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ދައްކަވައިދެއްވާފައިވާ ނަމޫނާ ގައި ކައިވެނީގެ ގުޅުން ބިނާކުރުމުގެ ތަޅުދަނޑިއަކީ ދެމަފިރިންގެ ދެމެދުގައި ވާހަކަދެއްކުމާއި، އެއްބައިވަންތަ ގުޅުމެއް ބިނާކުރުމެވެ. މުވާސަލާތަކީ ދެފަރާތުގެ މަގެއްކަން އޭނާ ދެއްކެވިއެވެ. ކައިވެނީގައި ފިރިމީހާއަށް ހުރިހާ ބާރެއް ނުލިބެއެވެ. އަނބިމީހާއަށް އޭނާގެ އިޙްސާސްތަކާއި ވިސްނުންތައް ފާޅުކުރުމުގެ ޙައްޤު ލިބިގެންވާކަން ރަސޫލާ ދެއްކެވިއެވެ.
ރަސޫލުالله އާއި ޢާއިޝަތުގެފާނުގެ ކައިވެނީގައިވެސް އެކަމަނާގެ އިޙްސާސްތަކާއި ނަޒަރިއްޔާތުތައް ފާޅުކުރުމުގެ ޖާގައާއެކު ޚާއްޞަވެވަޑައިގެންނެވި އެތައް މިސާލުތަކެއް އެބަހުއްޓެވެ. ސާފުކޮށް އެނގޭ ގޮތުގައި ރަސޫލާއާއި އައިޝަތު ފުންކޮށް މުއާމަލާތް ކުރެއްވިއިރު، އޭގެ ތެރޭގައި ބަހުގެ އިބާރާތްތަކާއި ބަހުގެ ނޫން އިބާރާތްތައް ހިމެނެއެވެ. ރަސޫލުالله އަކީ އަބަދުވެސް އެކަލޭގެފާނުގެ އަނބިކަނބަލުން ވަރަށް ލޯބިން ވިސްނިވަޑައިގަންނަވާ ބޭކަލެކެވެ.. އާއިޝަތުގެފާނުގެ ވާހަކަ އަޑުއަހަމުން އަނބިމީހާ ރުޅި އަންނަ ކޮންމެ ފަހަރަކު ފާހަގަ ކުރެއްވޭނީ އަނބިމީހާގެ ބަހުގެ އިޝާރާތްތަކާއި ބަހުގެ ނޫން އިޝާރާތްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމުންނެވެ.
ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާބެގެންވާ ޙަދީޘެއްގައި ވިދާޅުވެފައިވެއެވެ
"إِنِّي لَأَعْرِفُ غَضَبَكِ وَرِضَاكِ" قَالَتْ قُلْتُ وَكَيْفَ تَعْرِفُ ذَاكَ يَا رَسُولَ اللَّهِ, قَالَ "إِنَّكِ إِذَا كُنْتِ رَاضِيَةً قُلْتِ بَلَى وَرَبِّ مُحَمَّدٍ وَإِذَا كُنْتِ سَاخِطَةً قُلْتِ لَا وَرَبِّ إِبْرَاهِيمَ" قَالَتْ قُلْتُ أَجَلْ لَسْتُ أُهَاجِرُ إِلَّا اسْمَكَ
"ހަމަ ޔަޤީނުންވެސް، ތިމަންކަލޭގެފާނަށް ކަމަނާ ރުޅިއަންނަ ވަގުތު ނުވަތަ ހިތްހަމަނުޖެހޭ ވަގުތު އެނގެއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނަށް އިނގިވަޑައިގަންނަވަނީ ކިހިނަކުން ހެއްޔެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ކަމަނާ ހިތްހަމަޖެހިއްޖެނަމަ ވިދާޅުވާނެއެވެ. އާއެކެވެ. މުޙައްމަދުގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވާ ބުނަމެވެ. އެކަމަކު ދެރަވެއްޖެނަމަ ކަމަނާ އިބްރާހީމްގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވާ ނޫނެކޭ ބުނެއެވެ. ދެން ޢާއިޝަތުގެފާނު ވިދާޅުވިއެވެ. އާދެ އަޅުގަނޑު ކަލޭގެފާނުގެ ނަން ނޫން އެހެން އެއްޗެއް ދޫކޮށްނުލަމެވެ."
ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އައިޝަތުގެފާނުގެ އިޙްސާސްތައް ޙަޤީޤަތުގައިވެސް ވިސްނުނެވެ. އުފާވިޔަސް އެހެން ގޮތަކަށް ވިޔަސް ޖަޒުބާތުތައް ފާޅުކުރުމުގެ ޖާގަ އެކަމަނާއަށް ރަސޫލާ ދެއްވައެވެ. ކޮންމެއަކަސް އިޙްސާސްތައް ހުރުމަކީ އިންސާނާގެ ޠަބީޢަތެކެވެ. އެހެނީ ރަސޫލާ އައިޝަތު ގެ އަނބިކަނބަލުން އޭނާގެ ރުޅިވެރިކަމާއި ނުތަނަވަސްކަންވެސް ބައެއް ފަހަރު ފާޅުކުރެއްވާފައިވެއެވެ.
ނަމަވެސް މިޒަމާނުގައި ފިރިމީހާއަށް ލިބޭ މޮޅުކަމެއް ކަމަށް ބަލައި، ޚިޔާލުތަފާތުވުންތައް ފާޅުކުރުމަށް އެއްވެސް ހައްގެއް އަދި ޖާގައެއް އަނބިމީހާއަށް ދިނުމަށް އިންކާރުކުރާ މީހުން އެބަތިއްބެވެ. ފިރިމީހާއާ މެދު ރުޅިވެރިކަން ފާޅުކުރުން ނުވަތަ ޚިޔާލުތަފާތުވުން ބަލަނީ ވަރަށް ދަށުދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި ނުވަތަ ގޯސް އަނބިމީހާއަކަށް ވުމެވެ. ސާފުކޮށް އެނގޭ ގޮތުގައި މިއީ ރަސޫލުالله ބަޔާންކުރައްވާފައިވާ ގޮތުގައި އަޅުގަނޑުމެންގެ އަނބިމީހާއާ މެދު ލޯތްބާއި ރަޙްމަތުގެ އުނގަންނައިދިނުންތަކާ ޚިލާފު ކަމެކެވެ.
- އަދި ނުނިމޭ