ތިމާ އުންމީދުކުރާ ފެންވަރު ނެތް ފިރިހެނަކު ކައިވެންޏަށް އެދުނަސް ދެރަކޮށްލައި މަލާމާތް ކުރުމަކީ ތިބާ ބޭނުންވާ ފެންވަރުގައި ދިރިނުއުޅެވި ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމަކަށްވާ ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާ އުންމީދުކުރާ ފެންވަރު ނެތް ފިރިހެނަކު ކައިވެންޏަށް އެދުނަސް ދެރަކޮށްލައި މަލާމާތް ކުރުމަކީ ތިބާ ބޭނުންވާ ފެންވަރުގައި ދިރިނުއުޅެވި ޢުމުރަށް ހިތާމަކުރަންޖެހިދާނެ ކަމަކަށްވާ ސަބަބު-

މިހާރަށް ބަލައިފިނަމަ ގިނަ ބައަކު ކައިވެނިކުރުމުގެ ކުރިން އެމީހަކު ދިރިއުޅެން ބޭނުންވާ ފެންވަރު ކަނޑައަޅައެވެ. އެކަމަކަށް މައްސަލައެއް ނެތެވެ. އެއީ އެމީހެއްގެ އިޚްތިޔާރުގައި އޮތް ކަމެކެވެ.  

ނަމަވެސް ބުނަންހެއްޔެވެ؟ ތިބާ ބޭނުންވާ ފެންވަރު އެނގޭނީވެސް ވާހަކަދެއްކުމުން ނޫންހެއްޔެވެ؟ ވީމާ ކައިވެންޏަށް އެދިގެން ކޮންމެ ފިރިހެނަކުވެސް ވާހަކަދައްކައިފާނެއެވެ. ވާހަކަ ދެއްކުމުން އޭނާގެ ފެންވަރު އެނގޭއިރު އެއީ ތިބާ ބޭނުންވާ ފެންވަރުގެ ފިރިހެނަކު ކަމުގައި ނުވާނަމަވެސް އޭނާ ދެރަކޮށްލައި މަލާމާތްކޮށް ނުހަދާށެވެ.  

ފުރަތަމަ ކަމަކީ މާތް ﷲ އެންމެންނަށް ތަނަވަސްކަން ދެއްވަވާފައިވަނީ އެއްވަރަކަށް ނޫނެވެ. އެކިމީހުންނަށް އެކިވަރަށެވެ. ވީމާ މީހެއްގެ ހުރި ފެންވަރަށް ނުރުހި ނިކަމެތިކަމުގެ ބަސްބުނުމުން އެބަސްތައް ރައްދުއެވަނީ އެމީހަކަށް ނޫނެވެ. އެމީހަކަށް އެދަރަޖަ ދެއްވެވި މާތް ﷲ އަށެވެ.  

ދެން މިބުނަނީ އެގޮތަށް ކަންތައް ކުރުމުން ގިނަ ބައަކަށް ލިބޭ އެންމެ ބޮޑު އެއްދެރައިގެ ވާހަކައެވެ. މިޘާލަކަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލުމުން ހިތުގައި ޖެހި ކުރެވޭ ބަދުދުޢާ ވަރަށް ފަސޭހައިން ޖެހެއެވެ. ތިމާ ބޭނުންވާ ފެންވަރުގެ ތަނަވަސްކަން ހުރި މީހަކާއި ކައިވެނިކުރެވުނަސް އުފާވެރިކަން ނުލިބުމާއި ކައިވެނި ރޫޅި ހިތްދަތިކަން ލިބޭ ސަބަކަށްވެސް އެކަންވެގެން ދެއެވެ.   

ވީމާ ތިބާގެ ކައިވެންޏަށް އެދުނު މީހާގެ ކިބައިގައި ތިބާ ބޭނުންވާ ފެންވަރު ނެތްނަމަވެސް ދެރަކޮށް ނުލައި، ހިތުގައި ޖެހޭނެ ފަދަ ބަސްތައް ނުބުނެ ރިވެތިކޮށް ޭނާއާއި ކައިވެނިކުރެވެން ނެތްކަމަށް ބުނާށެވެ. އަދި ހުށަހެޅުން ޤަބޫލުކުރެވެން ނެތްކަމަށްޓަކައި މާފަށްވެސް އެދޭށެވެ. ރިވެތި ގޮތަކީ އެއީއެވެ. އެއިރުން ތިބާގެ ކިބައަކު އެއްވެސް ކުށެއް ނެތެވެ.

މިއަދު އޮންލައިން