ހިލޭ ފިރިހެނުންނަށް ނުފެންނަ ތަނެއްގައި ގުރްއާން ކިޔެވުމަށް އަންހުނުން ބުރުގާ އަޅާކަށް ނުޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިލޭ ފިރިހެނުންނަށް ނުފެންނަ ތަނެއްގައި ގުރްއާން ކިޔެވުމަށް އަންހުނުން ބުރުގާ އަޅާކަށް ނުޖެހޭނެ!

އަންހެނުން ގޭގައި ޤުރްއާން ކިޔަވާނަމަ ބުރުގާއަޅައި ނިވާވާންޖެހޭނެތޯ ކިޔުންތެރިން ސުވާލުކުރައްވައެވެ. ޖަވާބަކީ:  

ބައެއް ޢިލްމްވެރިން ބަޔާންކުރައްވާގޮތުގައި ވަޤުތާއި ޙާލަތު ތަންދޭނަމަ ޤުރްއާން ކިޔަވަން ފެންވަރައި ޒީނަތްތެރިވުމަކީ ކުރަން ރަނގަޅު ކަމެކެވެ. އެހެނީ ޤުރްޢާނަކީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. ޤުރްއާން ކިޔާނަމަ (ކިތަންމެ މަޑުން ކިޔެވިނަމަވެސް) އެއަޑު މަލާއިކަތުންނަށް އަޑުއިވިވަޑައިގަންނަވައެވެ. އަދި އަޑުއެއްސެވުމަށް މަލާއިކަތުން ވަޑައިގަންނަވައެވެ.  

ނަމަވެސް ޤުރްއާން ކިޔަވަން ބުރުގާއެޅުމަކީ ކުރަން ލާޒިމް ނުވަތަ ކުރަންޖެހޭ ކަމެއް ނޫނެވެ. އެހެންވީމާ މަސައްކަތުގައި އުޅެމުންވެސް އަދި ބުރުގާ ނުއަޅައި ހުރެގެންވެސް ޤުރްއާން ކިޔެވުމުގައި އެއްވެސް މައްސަލައެއް ނެތެވެ.   

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!    

އަންހުނުން ގުރްއާން ކިޔެވުމަށް ބޮލުގައި ބުރުގާ އެޅުން ލާޒިމެއް ނޫނެވެ. އެކަމަށް ދަލާލަތު ކުރާނެ ދަލީލެއް އައިސްފައެއް ނުވެއެވެ. 

ޝައިޚް ޢުޘައިމީންގެ ފަތާވާގެ 1/420 ގައި އައިސްފައިވެއެވެ. "ގުރްއާން ކިޔެވުމަށް ބޯނިވާ ކުރާކަށް ނުޖެހެއެވެ. އެކަމަށް ދަލީލެއް އައިސްފައި ނުވާތީއެވެ. އަދި މިގޮތަށް ކިޔަވަމުން ދަނިކޮށް ތިލާވަތުގެ ސަޖިދަ އެއް އަތުވެއްޖެނަމަ ބޯނިވާ ނުކޮށް ހުރެ ސަޖިދަ ކުރުމުގައި މައްސަލައެއް ނެތެވެ. ސަބަބަކީ ތިލާވަތުގެ ސަޖިދަ އަކީ ނަމާދު ގެ ޙުކުމް ލިބޭ އެއްޗަކަށް ނުވާތީއެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން