ހަނދުމަކޮށްދިނުމެއް!: ނަމާދުކުރުމާ ދުޢާކުރުމާ އަދި ޤުރްއާން ކިޔެވުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ހަނދުމަކޮށްދިނުމެއް!: ނަމާދުކުރުމާ ދުޢާކުރުމާ އަދި ޤުރްއާން ކިޔެވުމާ ބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ދީނުގެ ކަންކަން ހިތުގައި ހަރުލާފައި ހުންނާނީ އެކަންކަން ތާޒާކުރެވުނު ވަރަކުންނެވެ. އެކަންކަން ތާޒާވވާނީ ފޮތްތައް ކިޔައި ދަރުސްތައް އަޑުއަހައި ހެދިވަރަކުންނެވެ. ހިތުގައި އުފެދޭ ސުވާލުތަކުގެ ޖަވާބުވެސް އޮޅުންފިލުވައި ހަނދާނުގައި ބަހައްޓަމުންދިއަ ވަރަކުންނެވެ.  

ނަމާދުގެ އިހުގައްޔާއި ފަހުގައި ކުރާ ސުންނަތް ނަމާދު ކުރުމަށްފަހު، ކޮންމެ ފަހަރަކުވެސް ޛިކުރު ތަސްބީހަ ކިޔަންޖެހޭނެތޯ؟ 

ޛިކުރު ތަސްބީޙަ ކިޔުން ވާރިދުވެގެންވަނީ ހަމައެކަނި ފަރްޟު ނަމާދުތަކަށް ފަހުގައެވެ. ސުންނަތް ނަމާދުތަކަށްފަހުގައި ޛިކުރު ތަސްބީޙަ ކިޔުން ވާރިދުވެފައިނުވެއެވެ.   

ދުއާކުރުމުގެ ކުރިން މާތްﷲއަށް ހަމްދާއި ޘަނާ ކިޔާނެ ގޮތަކީ ކޮބައިތޯއެވެ. އަދި ރަސޫލާ ﷺ އަށް ޞަލަވާތް ކިޔާނެ ގޮތަކީ ކޮބައިތޯއެވެ؟ 

ދުޢާ ކުރަންފެށުމުގެ ކުރިން މާތް ﷲ އަށް ޙަމްދާއި ޘަނާ ކިޔިދާނެ ކިތަންމެ ގޮތެއްވެއެވެ. އެެއްގޮތަކީ (اَلْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ) މިފަދައިން ކިޔުމެވެ.  

ރަސޫލާ ﷺ އަށް ޞަލަވާތް ކިޔެވުމުގައި އިބްރާހީމީ ޞަލަވާތް ކިޔެވުން ރަގަޅެވެ. ކުރުގޮތަކަށް ކިޔާނަމަ (اَللَّهُمَّ صَلِّ وَسَلِّمْ عَلَى نَبِيِّنَا مُحَمَّدٍ) މިފަދައިން ކިޔާލުމުންވެސް ފުދޭނެއެވެ.   

ނަމާދުކޮށްނިމިގެން އިޚްލާސް ފަލަގި ނާސި ސޫރަތް ކިޔަވާއިރު ކޮންމެ ފަހަރަކުވެސް ބިސްމި ކިޔަން ޖެހޭނެތޯ. ބިސްމި ނުކިޔަސް އެންމެ ރަނގަޅުވާނެތޯ؟  

ކޮންމެ ސޫރަތެއް ފަށަމުންވެސް ބިސްމި ކިޔުމަކީ ސުންނަތެކެވެ.   

ގުރުއާން ކިޔަވަމުންދާއިރު ސަޖިދަ ޖަހަން ޖެހޭ ތަންތަން ފާހަގަ ކުރާނީ ކިހިނެތްތޯ؟ 

ސަޖިދަވަޅު ފާހަގަ ކުރަން ފަހުގެ މުޞްޙަފްތަކުގައި ވަކި ނިޝާނެއްވެއެވެ.

މިޘާލް: ﭽ ﯱﯲﯳﯴﯵﯶ  ﯷ   ﭼالعلق: ١٩ 

إِنَّمَا يُؤْمِنُ بِآيَاتِنَا الَّذِينَ إِذَا ذُكِّرُوا بِهَا خَرُّوا سُجَّدًا وَسَبَّحُوا بِحَمْدِ رَبِّهِمْ وَهُمْ لَا يَسْتَكْبِرُونَ ۩

(އައްސަޖްދަ: 15)  

ދަރިންނަށް ނަންކިޔުމުގަ އެނގުން މުހިންމު 2 ކަމެއް:  

1-   ދަރިފުޅު ނަމުގެ ފަހަތަށް ބައްޕަގެ ނަން އައުމުން މާނައަކަށް ބަދަލެއް ނާންނާނެއެވެ. ނަންކިޔާއިރު ޢަރަބި ނަމެއް ކިޔުމަކީ ލާޒިމް ކަމެއް ނޫނެވެ. ނަމަވެސް ރަގަޅު މާނަ ދޭހަވާ ފަދަ ނަންތައް ކިޔަންވާނެއެވެ.

2-   ދަރިފުޅު އުފަންވީ ރަށްނޫން އެހެން ރަށެއްގައި ޢަގީގާ ކަތިލުމަކީ މައްސަލަ އެއް ނޫނެވެ. ހުއްދަ ކަމެކެވެ. ބޮޑަށް ރަގަޅު އެދެވިގެންވާ ގޮތަކީ ކުއްޖާގެ ބައްޕަގެ އަތުން ޢަގީގާ ކަތިލުމެވެ.  

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން