މީހުން ކުރާ ކަންކަމާއި ގުޅިގެން އެމީހެއްގެ ނިޔަތް އެނގޭކަމަށް ހެދިގެން ނުވަތަ ނިޔަތާއިމެދު ޝައްކުކޮށް ބުނާ ކޮންމެ ބަހަކީ ކުރެވޭ ބޮޑު ފާފައެއް! އެއީ އަމިއްލައަށް ލިބިގަނެވޭ ބޮޑު އަނިޔާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
މީހުން ކުރާ ކަންކަމާއި ގުޅިގެން އެމީހެއްގެ ނިޔަތް އެނގޭކަމަށް ހެދިގެން ނުވަތަ ނިޔަތާއިމެދު ޝައްކުކޮށް ބުނާ ކޮންމެ ބަހަކީ ކުރެވޭ ބޮޑު ފާފައެއް! އެއީ އަމިއްލައަށް ލިބިގަނެވޭ ބޮޑު އަނިޔާއެއް!

ކޮންމެ މީހެއްގެވެސް ނިޔަތްވަނީ އޭނާގެ ހިތުގައެވެ. ނިޔަތް އެނގޭނީ އެމީހަކަށެވެ. ދެން ނިޔަތް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ވީމާ އެއްވެސް މީހެއްގެ ނިޔަތް އޭނާ ނުބުނަނީސް އެނގޭކަމަށް ހަދައިގެން ވާހަކަދެއްކުން ހުއްދައެއް ނޫނެވެ.

މީހަކު ހެޔޮކަމެއް ކުރާއިރަށް އެކަމަށް ކޮމެންޓްކުރާ މީހުން ގިނަވެގެންދެއެވެ. "އެހަމަ ދެއްކެން ވެގެން ކުރިކަމެއް1 މީހުންނަށް މާހެޔޮ މީހަކަށް ހެދެންވެގެން ކުރިކަމެއް! ތިމާގެ މޮޅުކަން ދައްކަން ކުރިކަމެއް! އެއީ މިވެނިކަމެއް ބޭނުންވެގެން ކުރިކަމެއް!" މިފަދަ ބަސްތައް ބުނެއެވެ.

ފުރަތަމަވެސް ކުރަންޖެހޭ ސުވާލަކީ އޭނާގެ ހިތުގައި އޮތް އެއްޗެއް ތިބާއަށް އެނގުނީ ކިހިނަކުން ހެއްޔެވެ؟ އޭނާބުނީ ހެއްޔެވެ؟ ނުވަތަ އިލްހާމްކުރެއްވެވީ ހެއްޔެވެ؟

މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ!  

އޭނާގެ ނިޔަތް ތިބާއަށް ޔަޤީންނުވާ ޙާލު (ޔަޤީންވާނީ ސުވާލުކޮށް އޮޅުންފިލުވުމުންނެވެ.) ދެއްކޭ އެފަދަ ކޮންމެ ވާހަކައަކަށް ތިބާ ފާފަވެރިވާނެއެވެ! އެކަން ހިމެނޭނީ ހަމަ ޣީބަ ބުނުމުގެ ތެރެއިންނެވެ. އެކެވެނީ އަޚާގެ މުޅަމަހެވެ.  

މަރުވުމުން އޮތީ ތިބާ ދުނިޔޭގައި ހުރެ ކެއި އޭނާގެ މުޅަމަހަށް ބަދަލުދޭންޖެހުމެވެ. ތިބާކުޅަހެޔޮ އަމަލުތަކުންނެވެ! ދޭނެ ހެޔޮ ޢަމަލު ނެތި ހުސްވެއްޖެނަމަ އޭނާކުރި ފާފައިން ބައިއުފުލަންޖެހެއެވެ. ތިމާ ދުވަހަކު ނުކުރާ ބޮޑެތި ފާފަތައް ކުރިކަމުގެ ބުރަ އުފުލަންޖެހި ނިކަމެތި ޙާލުގައި ނަރަކަށް ވަންނަން އެބަޖެހެއެވެ.

މީސްތަކުންނޭވެ! މިބާވަތުގެ ޢަމަލުތައް ނުކުރާށެވެ! އެއްވެސް މީހަކު ކަމެއް ކުރުމުން އޭނާގެ ނިޔަތާއިމެދު ވާހަކަ ނުދައްކާށެވެ! ކޮންމެ މީހެއްގެވެސް ނިޔަތް ދެނެވޮޑިގެންވާނީ ހަމައެކަނި ﷲ ތަޢާލާއެވެ! ވީމާ މިބުނި ޒާތުގެ ވާހަކަދެއްކުމުން ދުރުހެލިވާށެވެ! އެބާވަތުގެ ވާހަކައެއް ނުދައްކާށެވެ! އެހެނީ ކިތަންމެ ނުބައި މީހަކު ނަމަވެސް ރަނގަލު ނިޔަތުގައިވެސް ކަމެއްކޮށްފާނެތީއެވެ. އެކަން އޮންނާނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. ވީމާ އެކަމާއި ބެހެން އުޅުމުގެ ބޭނުމެއް ނެތެވެ. އެކަމުން ލިބޭނީ ގެއްލުމާއި ހަލާކެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން