އެންމެންވެސް ދުނިޔޭގަ ފުރަތަމަ ތިބެނީ ސުވަރުގޭގަ! ނުކުންނަނީ އަމިއްލައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އެންމެންވެސް ދުނިޔޭގަ ފުރަތަމަ ތިބެނީ ސުވަރުގޭގަ! ނުކުންނަނީ އަމިއްލައަށް!

ބައެއް މީހުން ބުނެއެވެ! އަހުރެން އެންމެ ބޮޑަށް ބިރުގަންނަނީ ނަރަކައަށް ވަންނަން ޖެހިދާނެތީއެވެ. އަނެއް ބައަކު ބުނަނީ އެމީހުން އެންމެ ބޮޑަށް ބިރުގަންނަނީ ސުވަރުގެއިން ނެރުއްވަވައިފާނެތީ ކަމަށެވެ. ވީމާ މިކަން މިވާގޮތެއް ބަލައިލަމާ ހިނގާށެވެ!

އަހަރެމެން ދިރިއުޅޭނެ ގެދޮރު ހޯދަނީ ވަރަށް މަސައްކަތުންނެވެ. އެކަމަށް ފައިސާއެއްކުރަމުއެވެ. ކޮންމެވެސް ނަމެއް ކިޔާފައި ގެދޮރު އަޅަން ނުވަތަ ފްލެޓް ގަންނަން ލޯނު ނަގަމުއެވެ. އެލޯނު ބަރާބަރަށް ދައްކަމުއެވެ. ނުދައްކައިފިނަމަ ގެއިން ބޭރުކޮށްލާނެތީއެވެ.

ދެން އޮތީ ސުވަރުގެ ލިބިގަތުމެވެ. ދުނިޔޭގައި އަހަރެމެން ފުރަތަމަ ތިބެނީ ސުވަރުގޭގައެވެ. ބާލިޣް ނުވަނީސް މަރުވެއްޖެނަމަ އެފުރާނައެއް ވާނީ ﷲ ތަޢާލާގެ ރަޙްމަތުގައެވެ. ބާލިޣްވުމަށްފަހު ސުވަރުގެއިން ބޭރުވެގަންނަނީ އަމިއްލައަށެވެ. މިސާލަކަށް ނަމާދު އެޅުން، ޙަރާމް ކަންކަން ކުރުން ފަދަ އެމީހަކަށް ކުރެވޭ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ.

ވިސްނައިލަންވީ ކަމަކީ ސުވަރުގޭގައި ހުރުމަށްވެސް ދަރަނިތަކެއްވާކަމެވެ. އެއީ ސުވަރުގޭގައި ދެމިހުރުމަށް ތިބާ ކުރަންޖެހޭ ކަންކަން ކުރުމެވެ. ކުރިން މިބުނި ފަދައިން ދުނިޔޭގައި ތިބާ އުޅުމަށް ދަރަނި އަދާކުރަންޖެހޭ ފަދައިން ސުވަރުގެ ވަދެވުން ވަނީވެސް ތިބާ ﷲ ތަޢަލާއަށް އަދާކުރަންޖެހޭ ދަރަނިތައް އަދާކުރުމުންނެވެ.

ބާލިޣްވުމުން ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމުގައި ސާބިތުވެ ފާފަކުރުމުން ދުރުހެލިވެ ހުރެއްޖެނަމަ ﷲ ތަޢާލާގެ ވާގިފުޅާއިއެކު އެމީހަކު މަރުވުމުން ވާނީ ސުވަރުގޭގެ ނިޢްމަތްތަކުގައެވެ. އަދި ޤިޔާމަތް ދުވަހު އެމީހަކު ވާނީ ސުވަރުގޭގައެވެ. ސުވަރުގެއިން ބޭރުވާކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

މިކަމުގައި މައިންބަފައިން އަދާކޮށްދޭންޖެހޭ ދައުރު ވަރަށް ބޮޑެވެ. އެހެނީ ތަްްވާވެރިއެއްގެ ގޮތުގައި ކުއްޖާ ތަރުބިއްޔަތުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެކަން ނުކުރިނަމަ މައިންބަފައިންނަށް އެކަމުގެ ޒިންމާ އުފުލަންވެސް ޖެހޭނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން