ޟުޙާނަމާދުކުރުމަކީ ޘަވާބު ލިބުމުގެ އިތުރުން ޞިއްޙަތަށްވެސް ނުހަނު ފައިދާ ބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޟުޙާނަމާދުކުރުމަކީ ޘަވާބު ލިބުމުގެ އިތުރުން ޞިއްޙަތަށްވެސް ނުހަނު ފައިދާ ބޮޑު ކަމެއް!

ނަމާދުތައް ބަރާބަރަށް ކުރަމުން ގެންދިއުމަކީ އެކަމުގެ ފައިދާ އެތައް ގޮތަކުން މީހާއަށް ކުރާ ކަމެކެވެ. ނަމާދުތަކުގެ ތެރެއިންވެސް ޟުޙާނަމާދަކީ ވަރަށް ޚާއްޞަ ނަމާދެކެވެ. ޘަވާބު ލިބުމުގެ އިތުރުން ޞިއްޙަތަށްވެސް ވަރަށް ގިނަ ފައިދާތައްކުރާ ނަމާދެކެވެ.  

ޝުޙާ ނަމާދަކީ ކުރުން ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދެއް ކުރުމަށް ރަސޫލާ ވަޞިއްޔަތް ކުރައްވަވާފައިވާ ނަމާދެކެވެ. ޟުޙާ ނަމާދަކީ ވަޤުތު ދެމިގެންވާ ނަމާދެކެވެ. އިރު، ލޮންސިއެއްގެ ބޮޑުމިނަށް އެރީންސުރެ، ނުވަތަ އިރުއަރައި 15 ވަރަކަށް މިނިޓްވުމުން ޟުޙާ ނަމާދުކުރެވޭނެއެވެ. މެންދުރު ނަމާދު ވަޤުތާއި ގާތްވަންދެން އެނަމާދުގެ ވަޤުތު ދެމިގެންދެއެވެ.  

އެހެނަސް މިއަދު ގިނަބައަކަށް މިވަނީ ޟުޙާ ނަމާދުކުރުމާއި ދުރުހެލިވެވިފައެވެ. ގިނަ ބައަކު ވަނީ ކަންނެތްވެ އެނަމާދުކުރުމާއި ދުރުހެލިވެފައެވެ. ޞުޙާ ނަމާދަކީ ހަށިގަނޑުގައިވާ 360 ގުނަވަނުން ދެވޭ ޞަދަޤާތެކެވެ. ވީމާ ހުޅުތަކާއި މައިބަދައިގެ މައްސަލަތައް ހުންނަ މީހުންވެސް ޞުޙާ ނަމާދުކުރަންފަށާށެވެ. ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ  

ހަނދުމަކޮށްދިނުމުގެ ގޮތުން ބުނެލަމެވެ. ރަމަޟާން މަހަށް ފަހު، ކުރިން ނުކުރެވޭ އަޅުކަމެއް ކުރަން ފެށުމަކީވެސް ރަމަޟާން މަސް ލިބިގަނެވުނު ކަމުގެ ހެއްކެއް ކަމަށް ޢިލްމުވެރިން ބަޔާންކުރައްވަވަތެވެ. ވީމާ އެގޮތުންވެސް މިހައިތަނަށް ޟުޙާ ނަމާދު ނުކުރެވި ތިބި މީހުން ޟުޙާނަމާދުކުރަން އަވަހަށް ފަށާށެވެ!  

ޝައިޚް މުޙައްމަދު މަންޞޫރުގެ ގުޅުން ހުރި އޯޑިއޯއެއް:

 

މިއަދު އޮންލައިން