ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ ފުރަތަމަ ކަމަކަށް ކައިވެނިކުރެވެންދެން އިންތަކަށް ރައްކާތެރިވެ ހިލޭ ދެމީހުންގެ ގޮތުގަ ތިބެންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް ބޭނުންނަމަ ފުރަތަމަ ކަމަކަށް ކައިވެނިކުރެވެންދެން އިންތަކަށް ރައްކާތެރިވެ ހިލޭ ދެމީހުންގެ ގޮތުގަ ތިބެންޖެހޭނެ!

ކާއެއްޗެތި ކައްކަން އުނދުން މައްޗަށް އުދުމަކުން އަދި ރޮލެއް ނުފިލާނެއެވެ. ރޯފިލާނީ ކައްކަންވާވަރަށް ކެއްކުނީމައެވެ. ކާއެއްޗެއްސަށް ބަދަލުވާނީ ކައްކަންޖެހޭ ވަރަށް ކެއްކުނީމައެވެ.  

ކައިވެނީގައިވެސް އޮތީ ހަމަ މިފަދަ ގޮތެކެވެ. ލޯބިވުމަކުން އަދި ރަންކިޔުމަކުންވެސް ދެމަފިރިން ކަމަކަށް ނުވާނެއެވެ. ދެމަފިރިން ކަމުގައިވާނީ ކައިވެނިކުރެވުމުންނެވެ. ކައިވެނިކުރެވެންދެން (ކައިވެނި ޢަޤުދްކުރެވެންދެން) ވާނީ ހަމަ ހިލޭ ދެމީހުންނަށެވެ. ވީމާ ތިބެންޖެހޭނީ ދީނުގައި ބަޔާންވެގެންވާ އިންތަކުގައި ހިފަހައްޓައިގެން އިންތަކުގެ ތެރޭގައެވެ.  

މިއަދު މައްސަލައަކަށް ވަމުން މިދަނީ އެކަމަށް ސަމާލުކަން ނުދެވުމެވެ. ލޯބިވާންފަށާ ހިސާބުން ދެމީހުންނަކީ ދެމަފިރިން ކަމަށް ބަލައިގެން އުޅެންފަށާތީއެވެ. ކައިވެނި ކުރެވުމުން ކުރަން ހުއްދަވާ ކަންކަން ކުރަންފަށާތީއެވެ. އެއިރުން ގެއްލިގެން އެދަނީ ﷲ ތަޢާލާގެ ޙަޟްރަތުން ލިބެން އޮތް ބާއްޖަވެރި ކަމެވެ. ލިބެން އޮތް ބޮޑު ރަޙްމަތެވެ.  

މިކަންކަމަށް ސަމާލުކަންދޭށެވެ. ކައިވެނި ނުކުރެވޭހައި ހިނދަކު ހިތުން އަނެކާ ދެކެ ލޯބިވުމަކީ އަނެކާގެ ގައިގައި އަތްލައި ބީހުން ކަމަށް ނުހަދާށެވެ. ބަސްމަގުވެސް ރިވެތިކުރާސެވެ. ރިވެތި ގޮތުގައި މުޢާމަލާތުކުރާވެ! ރިވެތި ގުޅުމޖުގެ ތެރެއިން ކައިވެނިކުރާށެވެ! ބޮޑަށް ލޯބިވާނަމަ ކައިވެނިކުރުން އަވަސްކުރާށެވެ! އެއިރުން ދެމީހުންގެ ގުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވައި ހެޔޮ ރަޙްމަތް ލައްވަވާނެތެވެ! އިން ޝާ ﷲ 

މިއީ އަބަދުހެން ދެވޭ ނަޞީޙަތެކެވެ. ތަކުރާރުކުރަންޖެހެނީ ޤަބޫލުނުކުރެވޭ މީހުން ގިނަކަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ކައިވެނީގެ ވަލީމާ އަކީ ކައިވެނި އިޢުލާނު ކުރުމުގެ ގޮތުން ބޭއްވޭ އެންމެ ބޮޑު އެއް ޙަފްލާ އެވެ. އެންމެ އުފާވެރި އެއްވަގުތު ކޮޅެވެ. އެހެންކަމުން، ކައިވެނީ ގެ އެންމެ އުފާވެރި އެއްވަގުތުކޮޅުގައި ކަތިގޮތަކަށް އެއްވެސް ކަމެއް ވިޔަ ނުދީ ހިފެހެެއްޓޭތޯ ގަދަ އަޅާ މަސައްކަތް ކުރަންވާނެއެވެ. 

އަންހެނުންނާއި ފިރިހެނުން އެއްތަނަކަށް އެއްވެ، މަސްހުނިވެގެން އުޅުމަކީ، އޭގެ ސަބަބުން ނުބައި އަޘަރު ތަކެއް ކުރާނެ ކަމެއް ކަމާއި މެދު ބުއްދި ގެ އަހުލުވެރިޔަކު ޝައްކު ކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، އުފާވެރި ކައިވެނީގެ ވަލީމާ ގައި ބަޔަކު މީހުން މަގު ގެއްލުމަށް މަގުފަހިކޮށްދޭ ކަހަލަ އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ. އެހެންކަމުން، އަންހެނުންނާއި ފިރިހެނުންނަށް އެއްގަޑިއަކަށް ކީކަމުގައިވީނަމަވެސް، ދެމާލަމެއްގައި، ނުވަތަ ދެޖިންސުގެ މީހުން މަސްހުނި ނުވާގޮތަށް ޕާޓީ އިންތިޡާމް ކުރެވޭނެއެވެ. ނުކުރެވޭނެނަމަ، ދެގަޑިއަކަށް ކިޔާނީއެވެ. 

ކައިވެނީގެ ޢަގްދުކޮށް ދިނުމަށްޓަކައި ކޯޓުން ނަގާ ފައިސާ އަކީ ހުއްދަ އެއްޗެކެވެ. އެބޭފުޅުންގެ މަސައްކަތަށް ނަންގަވާ އުޖޫރަ އެކެވެ.

ކައިވެނީގެ ރަންކިޔުމަކުން އަންބަކަށް ނުވަތަ ފިރިއަކަށްވެސް ނުވެއެވެ. އަންތބަކަށް ނުވަތަ ފިރިއަކަށް ވާނީ ކައިވެނީގެ ޢަގްދު ކުރެވުމުންނެވެ. އެހެންކަމުން، ކައިވެނީ ގެ ޢަގްދު ކުރެވުމުގެ ކުރިން ދެމީހުންވެސް ވާނީ ހިލޭ ދެމީހުންނަށެވެ. އަދި އެކަހެރިކޮށް ބައްދަލުކޮށް ހެދުމަކީ ޙަރާމް ކަމެކެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން