ޛިކުރުކުރުމުން ތިމާއަށްކުރާ ފައިދާތަކާ ފައިދާގެ ބޮޑުކަން އެނގޭ މީހަކު ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބުނަސް ފުރުޞަތުގެ ބޭނުން ހިފާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ޛިކުރުކުރުމުން ތިމާއަށްކުރާ ފައިދާތަކާ ފައިދާގެ ބޮޑުކަން އެނގޭ މީހަކު ކިތަންމެ ކުޑަ ހުސްވަޤުތުކޮޅެއް ލިބުނަސް ފުރުޞަތުގެ ބޭނުން ހިފާނެ!

ޛިކުރުކުރުމޭ ބުނުމުނެ ގިނަ ބައަކު އެކަން ނަގަނީ ވަރަށް އާދައިގެ ވަރަށް ކުޑަކުޑަކަމެއްގެ ގޮތުގައެވެ. އެހެނަސް ޢިލްމްވެރިން ބަޔާންކުރައްވާ ގޮތުގައި ޛިކުރުކުރުމަކީ ތިމާއާއި ﷲ ތަޢާލާ އާއި ގުޅުވައިލަދޭ އެންމެ މުހިންމު ވަސީލަތެވެ. 

ހަމައެއާއިއެކު ﷲ ތަޢާލާގެ މަތިން ގިނަގިނައިން ހަނދާންކޮށް ޛިކުރުކުރާ މީހަކާއި ޝައިޠޯނާއަށް ކައިރިއެއް ނުވެވޭނެއެވެ. އެކަމުގެ ސަބަބުން ފާފަކުރުމާއި ދުރުހެލިވެވޭނެއެވެ. އަދި އަޅުކަން ކުރަން އިތުރުހިތްވަރު ލިބެމުންދާނެއެވެ. 

ޛިކުރުކުރުމާއިމެދު އޮތް މިބަސްފުޅަށް ވިސްނައިލަމާތޯ؟ 

"އެންމެ މާތް ޢަމަލުތަކުގެ ތެރޭގައި ހިމެނޭކަމެއް!ގެ ޙަޟްރަތުގައި މަޤްބޫލުވެގެންވާކަމެއް!ގެ ޙަޟްރަތުގައި ދަރަޖަ އެންމެ ބޮޑަށް އުފުއްލަނިވި އެއްކަން! ރަނާއި ރިހިން ޞަދަޤާތްކުރުމަށްވުރެ ފައިދާބޮޑު ކަމެއް! ހަނގުރާމައިގައި ޝަހީދުވުމާއި، މޮޅުވުމަށްވުރެ އިތުރުކަން ބޮޑު ކަމެއް! ކޮން ކަމެއްތޯ؟ އާދެ ﷲ ގެ ޒިކުރުކުރުން!"

(سنن الترمذي 3377)- ޝައިޚް އަހްމަދު ރިމާޒް

މިއަދު އޮންލައިން