މީހަކާއި ސުވާލުކުރެވުނެވެ. "ނަމާދު ޤާއިމުކުރަން ފެށުމުން ތިބާއަށް ކުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ލިބުނީ ކޮން އެއްޗެއް ހެއްޔެވެ؟"
ޖަވާބުގައި އޭނާ ބުންޏެވެ! "ލިބުނު އެއްޗެއް ބުނާކަށް ނުއެނގެއެވެ. ނަމަވެސް ގެއްލުނު އެއްޗެތިތަކެއް ނުވަތަ ކަންތައްތަކެއް ބުނެފާނަމެވެ. އެއީ، ރުޅި އައުމާއި، މީހުންނަށް ޙަސަދަލުމާއި، ދަހިވެތިވުމާއި މާޔޫސްވުމާއި، އަމިއްލަ ނަފްސަށް ބިރުގަތުމާއި އަދި މަރުވެދާނެކަމަށް ބިރުގަތުމެވެ."
ނަމާދު ޤާއިމުކުރަން ފެށުމުން މީހާއަށް ހީވެސް ނުކުރެވޭވަރުގެ ބަދަލުތައް އަންނާނެއެވެ. ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރާނަމަ ހިތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ކާމިޔާބީތައް ލިބިގެންދާނެއެވެ.
ނަމާދު ޤާއިމުކުރުމަކީ އެމީހަކު ކުރަން ބޭނުންވުމުން ނުވަތަ ކުރާހިތްވުމުން ނަމާދުކުރުމެއް ނޫނެވެ. ފަރުޟު 5 ނަމާދަށް ރައްކައުތެރިވުމެވެ.
--އިސްލާމީ ތިލަފަތުގެދަރުސަކުން ާ