އެކުވެރިންގެ ކިބައިން ދިރިއުޅުމަށް އުނދަގޫތައް ފޯރާނަމަ އޮތީ މާޔޫސްވެ އަމާންދިނުމެއް ނޫން! އެކަމުން އަންގައިދެނީ ތިބާގެ ދިރިއުޅުން މާފުރިހަމަކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އެކުވެރިންގެ ކިބައިން ދިރިއުޅުމަށް އުނދަގޫތައް ފޯރާނަމަ އޮތީ މާޔޫސްވެ އަމާންދިނުމެއް ނޫން! އެކަމުން އަންގައިދެނީ ތިބާގެ ދިރިއުޅުން މާފުރިހަމަކަން!

ކާމިޔާބުކަމާއިއެކު ދިރިއުޅެމުން ގެންދާނަމަ ޙަސަދަޗެރިވެ އުނދަގޫތައް ކުރިމަތިކުރުވަން ބޭނުންވާނެ މީހުން ގިނަވާނެއެވެ. ނަމަވެސް އެއެންމެންނަކަށް އެކަން ކުރަން ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އެކުވެރިންނަށް އެކަންކުރަން ވަރަށް ފަސޭހަވާނެއެވެ. ދިރިއުޅުމަށް ޙަސަދަލައި ހުރަސް އަޅަން މަސައްކަތްކުރާ އެކުވެރިންގެ ކަންކަން ފާހަގަކުރެވޭ ސަބަބަކީވެސް އެއީއެވެ. 

އެކުވެރިންގެ ފަރާތުން ހުރަސްތައް ކުރިމަތިވާން ފެށުމުން މާޔޫސްވެ ދިރިއުޅުންމަތިން ފޫހިވާ ބައަކުވެސް އުޅެއެވެ. އަހުރެން ބުނާނީ އެގޮތަށް އެކަން ނުކުރުމަށެވެ. އަދި އެކުވެރިންގެ ފަރާތުން ހުރަސްތައް ކުރިމަތިކުރުވާނަމަ ފަހަތަށް ނުޖެހި ބާރަށް ކުރިއަށް ދިއުމަށެވެ. 

އެމީހުން އެގޮތަށް ކަންތައް އެކުރަނީ އެމީހުންނަށްވުރެ ތިބާ ކާމިޔާބު މީހަކަށްވީތީއެވެ. އެމީހުންގެ ބޭނުމަކަށްވެފައި އޮންނާނީ ތިބާ ފިނޑިކޮށްލުމެވެ. ތިބާގެ ހިތްވަރު އެލުވައިލުމެވެ. އެފުރުޞަތު އެމީހުންނަށް ނުދޭށެވެ! 

މިޘާލަކަށް ތިބާ ގެއެއް އަޅަން ބޭނުންވެގެން އެކުވެރިންގެ ތެރެއިން ގެކުރަހާ މީހަކާއި ޙަވާލުކޮށްފާނެއެވެ. ހިލެއަކު ނޫނެވެ. އަގުދޭ ގޮތަށެވެ. އެކަމަކު އޭނާ އެމަސައްކަތް ނިންމަން ބުނި ދުވަހަށް ނުނިންމިއެވެ. ދެން ނިންމަން ބުނި ދުވަހަކަށްވެސް ނުނިންމިއެވެ. އެހިސާބުން އޭނާއަތުން މަސައްކަތް ނަގައި އެހެން މީހަކާއި ޙަވާލުކުރާށެވެ! 

ސަބަބަކީ އޭނާއަކީ ތިބާއަށް ހެޔޮއެދޭ ޙަޤީޤީ އެކުވެރިއެއް ނަމަ ސަމާލުކަންދީގެން އެކަން އަވަހަށް ނިންމާނެއެވެ. ލަސްއެކުރަނީ ކޮންމެވެސް އަމިއްލަ ސަބަބެއް އޮންނާތީއެވެ. 

މިފަދަ ކިތަންމެ ގިނަ މިޘާލުތަކެއްވެސް ދެއްކިދާނެއެވެ. ފައިދާކުރާނީ ވިސްނާ މީހަކަށެވެ.

މިއަދު އޮންލައިން