އެއީ ހިތުގެ އެންމެ ހިމަނާރުތަކުގެ ތެރެއިން ވެސް ޝައިޠޯނާ ކުދިކޮށްކޮށައި ބޭރުކޮށްލާނެ ހަތިޔާރު! ފާފަކުރުމުން ސަލާމަތްކޮށްދޭނެ އައްޑަނަ!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
އެއީ ހިތުގެ އެންމެ ހިމަނާރުތަކުގެ ތެރެއިން ވެސް ޝައިޠޯނާ ކުދިކޮށްކޮށައި ބޭރުކޮށްލާނެ ހަތިޔާރު! ފާފަކުރުމުން ސަލާމަތްކޮށްދޭނެ އައްޑަނަ!: ޝައިޚް އަބޫބަކުރު ޒައުދު

ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެއެވެ ބުނާ ބަހުގެ މާނައަކީ ޙަދީޘްފުޅުގައި އެގޮތަށް އޮތުމުން ފާފަކުރުންމަތީގައި ދެމިހުރުން ހުއްދަވުމެއް ނޫނެވެ. ޙަދީޘްފުޅުގެ މާނައަކީ ފާފަ ނުކުރަން މަސައްކަތްކުރިނަމަވެސް ފާފައެއް ކުރެވިދާނެއެވެ. އަދި ކިތަންމެ ތަޤްވާވެރި މީހަކަށްވެސް ފާފައެއް ކުރެވިދާނެ ކަމެވެ.

ކޮންމެ މީހަކަށްވެސް ފާފަ ކުރެވޭނެއެވެ. އެކިވަރުގެ ފާފަތަކެވެ. އެކި މިންވަރަށެވެ. ކޮންމެ ވަރެއްގެ ނަމަވެސް ފާފަ އެކުރެވެނީ ފާފަކުރަން ޝައުޤުވެރިވެވޭތީއެވެ. ވީމާ ފާފަނުކޮށް ހުރުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފާފަކުރުމަށް ޝައުޤުވެރިނުވުމެވެ.

އެހެނިހެން ކަންކަން ކުރުމަށް ޝައުޤުވެރިކަން އުފެދޭ ފަދައިން ފާފަކުރަންވެސް ޝައުޤުވެރިކަން އުފެދެނީ އެމީހާގެ ހިތުގައެވެ. ވީމާ އެންމެ މުހިންމު ކަމަކީ ފާފަކުރުމަށް ޝައުޤުވެރިވުމުން ތިމާގެ ހިތް ސަލާމަތްކުރުމެވެ.

އެކަމަށް އޮތް އެންމެ ބާރުގަދަ ހަތިޔާރަކީ لا إله إلا الله އެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަންބޮޑުވެގެންވަނީ ފަރުޟުތައް އަދާކުރުމެވެ. ފަރުޟުތަކުގެ ވެސް މަތީގައިވަނީ لا إله إلا الله އެވެ. އެހެނީ ތައުހީދަކީ މިއީއެވެ. އެހެން ހުރިހާ ކަމެއް އަންނާނީ ތައުހީދުގެ ފަހަތުންނެވެ.  

ވިސްނާށެވެ! ﷲ ތައާލާ ތިބާއަށްވެސް އަހުރެންނަށްވެސް އަދި އެއްވެސް މީހަކަސް ފާފަކުރަން ނުއަންގަވަތެވެ! ވަޙީކުރައްވަވާފައިވަނީ ފާފަ ނުކުރުމަށެވެ. ފާފަކުރެވެނީ ޝައިޠޯނާގެ ބަސް ޤަބޫލުކުރެވޭތީއެވެ. ވީމާ އެންމެ މުހިންމުކަމަކަސް ކުރަން އޮތް ކަމަކީ ހިތުން ޝައިޠޯނާ ބޭރުކޮށްލުމެވެ. އެކަމުގެ އެންމެ ބޮޑު ބާރު ލިބިގެންވަނީ لا إله إلا الله މިކަލިމައަށެވެ. 

لا إله إلا الله ކިޔުން ގިނަކުރާށެވެ! އެންމެ މަތިވެރި ޛިކުރަކީވެސް އެއީއެވެ! لا إله إلا الله ކިޔުން ގިނަކުރުމުން ހިތުގެ އެންމެ ހިމަނާރުތަކުގެ ތެރެއިން ވެސް ޝައިޠޯނާ ކުދިކޮށްކޮށައި ބޭރުކޮށްލާނެއެވެ. ފާފަކުރުމަށް ޝައުޤުވެރިވުމުން ސަލާމަތްވެ ހުރުމުގެ ބާރު ލިބިގެންދާނެއެވެ. އިން ޝާ ﷲ

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

މިއަދު އޮންލައިން