ތިމާގެ އީމާންތެރިކަން ވަރުގަދަކުރަން ކުރެވިދާނެ ކަންކަން-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިމާގެ އީމާންތެރިކަން ވަރުގަދަކުރަން ކުރެވިދާނެ ކަންކަން-

އީމާންކަމަކީ ދީނުގެ އެންމެ މުހިންމު އަސާސްކަމަށްވާތީ ކޮންމެ މުސްލިމަކަށްވެސް އެންމެ ބޮޑަށް މުހިންމުވާނީ އެމީހާގެ އީމާންތެރިކަން ވަރުގަދަކުރުމެވެ. އެހެންކަމުން މިބަޔާންކުރަނީ އީމާންތެރިކަން ވަރުގަދަކުރުމަށް ކުރެވޭނެ ބައެއް ކަންތައްތަކެވެ.   

1.    ގިނަގިނައިން ޠައުބާވުން

2.    ބަންގި ގޮވުމާއިއެކު، ވީހާވެސް އަވަހަކަށް، އެނަމާދެއްގެ ގަޑީގައި އެނަމާދުކުރުން

3.    ކޮންމެ ދުވަހަކުވެސް ޤުރުއާން ކިޔެވުން

4.    ގިނަގިނައިން ޛިކުރުކުރުން

5.    ސުންނަތް ރޯދަތައްހިފުން

6.    ކީރިތި ރަސޫލާ محمد صلى الله عليه وسلم ސުންނަތައް ޢަމަލުކުރުން

7.    ގިނަގިނައިން ހެޔޮ ޢަމަލުތަށްކުރުން

8.    ގިނަގިނައިން މަރު ހަނދުމަކުރުން

މިއީ ވަގުތީ ތަނެއްކަން އަބަދުވެސް ހަނދުމަކުރާށެވެ. ތިބާ ކުރި ހެޔޮޢަމަލެއްމެނުވީ އާޚިރަތުގައި ތިބާއަށް ޝަފާޢަތްތެރިއެއްނުވާނެއެވެ.

9.    ދީނީ މަޢުލޫމާތުން ސިކުނޑި މުއްދަސިކުރުން

10.   ގިނަގިނައިން ދުޢާކުރުން

ދުޢާ އިޖާބަކުރެއްވުން މޮޅުއިތުރުވެގެންވާ ބައެއް ވަގުތުތައް

·      ހިތްދަތިވެގެންވާ ހާލު

·      ބަންގިއާއި ޤަމަތާއި ދެމެދުވާ ވަގުތު

·      ރަމަޟާން މަހު

·      ދަތުރުކުރާއިރު

·      ރޯދަ ވީއްލާ ވަގުތު

·      ސަޖިދާގައި އޮންނަ ވަގުތު

·      ހުކުރު ދުވަހުގެ އަސުރު ނަމާދަށްފަހު

·      އަރަފާތު ދުވަހު

ތިބާ ކުރާ ދުޢާއަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަންކަން

·      ސާފުތާހިރުކަމާއިއެކު، ވުޟޫމަތީ، ޤިބްލައަށް ކުރިމަތިލުން

·      ތިބާގެ މޫނާއި ކުރިމަތިވާނެހެން ދެއަތްތިލަ ހުޅުވައި އުފުލާލުން

·      މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ 99 އިސްމަފުޅު ބޭނުންކުރުން

·      އިޚްލާޞްތެރިކަމާއި ހިތްތިރިކަމާއިއެކު އެކަމަކަށް އެދުން

·      މާތްﷲ ޞުބުޙާނަހޫ ވަޠަޢާލާގެ ނަންފުޅު މަތިވެރިކޮށް، މާތް ނަބިއްޔާގެ މައްޗައް ޞަލަވާތް ކިޔެވުން  

11.     އަބަދުވެސް އެކަލާނގެއަށް ތަވައްކަލް (އިތުބާރުކުރުން) ކުރުމާއި ޝުކުރުވެރިވުން

12.     ހާލުގައިޖެހިފައިވާ މީސްތަކުންނަށް އެހީތެރިވުމާއި ޞަދަޤާތްކުރުން

13.     ތިބާގެ އެންމެ ބޮޑު ދުޝްމިނަކީ ޝައިޠާނާކަން އަބަދުވެސް ހަނދާންކުރުން

14.     މަޢާފުކޮށް މީހުންނާމެދު ހިތްޚާލިޞްކުރުން

15.     ދޮގުހެދުމުން ދުރުހެލިވެ ތެދުވެރިކަމާއި ހިތްހެޔޮކަމުގެ ސިފަ އަށަގަތުން

  

https://www.islamquote.com/2013/06/08/how-can-brighten-up-our-imaan-faith

 

 

 

މިއަދު އޮންލައިން