އެކުވެރިއަކު ގެއްލިއްޖެނަމަ ކަންބޮޑުނުވާށެވެ! އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
އެކުވެރިއަކު ގެއްލިއްޖެނަމަ ކަންބޮޑުނުވާށެވެ! އެއީ ލެއްވެވި ވަރަށް ބޮޑު ރަޙްމަތެއް!

ގިނަ މީހުން އެންމެ ބޮޑަށް ދެރަވާ އެއްކަމަކީ އެކުވެރިން ވަކިވުމެވެ. ޚާއްޞަކޮށް އެންމެ ގާތް އެކުވެރިއަކު ވަކިވެއްޖެނަމަ އެކަން ވަރަށް ބޮޑު ކަމަކަށްވެއެވެ. އެހެންވެ މަޝްވަރާހޯދަންވެސް ގިނަ ބައަކު އައުދެއެވެ. 

ބުނަންހެއްޔެވެ؟ ތިބާ ކުރި ކުށަކާއިނުލައި އެކުވެރިއަކު ތިބާއާއި ވަކިވެއްޖެނަމަ އެއީ ލެއްވެވި ވަރަށް ރަޙްމަތެކެވެ. އެކުވެރިއެއްގެ ގޮތުގައި އޭނާ ހުރެގެން ތިބާއަށް ދޭން އޮތް ބޮޑު ގެއްލުމަކުން ސަލާމަތްކޮށްދެއްވެވީއެވެ. ވީމާ އޮތީ ކަންބޮޑުވުމެއް ނޫނެވެ. ޝުކުރުވެރިވުމެވެ، 

ބައެއް މީހުންނަކީ އެހައި ތަޤްވާވެރި މީހުންނެއް ނޫނެވެ. އެފަދަ މީހުންގެ އެކުވެރިން ވަކިވުމުން މިފަދަ ބަހެއް ބުނެފިނަމަ ހިތުގައި ސުވާލު އުފެދިދާނެއެވެ. އޭނާއަކީ ތަޤްވާވެރިއަކަށް ނުވާއިރުވެސް މިފަދަ ބޮޑެތި ރަޙްމަތް ލައްވަވާ ހެއްޔެވެ؟ ޖަވާބަކީ އެންމެންނަށްވެސް ﷲ ތަޢާލާ ރަޙްމަތް ލައްވަވައެވެ. އަދި އެއީ އެމީހަކު ވިސްނައި ފިކުރުކޮށް ތަްްވާވެރިވުމަށް ދެއްވަވާ ފުރުޞަތެކެވެ. 

މިކަމުގެ ދަލީލުވެސް ދައްކަފާނަމެވެ. ދުނިޔޭގައި ތަނަވަސްކަން ލިބި އުފަލުގައި އުޅޭ ގިނަމީހުންނަކީ މުސްލިމުންނެއްވެސް ނޫނެވެ. އެކަމަކު އެމީހުންނަށްވެސް އެނިޢުމަތުގައި އެތިބެވެނީ އެނިޢުމަތް ﷲ ތަޢާލާ ދެއްވަވާތީއެވެ. އެކަން ބަލައިނުގަތްކަމުގެ ޖަޒާ އެމީހުންނަށް ޤިޔާމަތް ދުވަހު ދެއްވަވާނެތެވެ. 

ހަމަ އެއާއިއެކު ބުނެލަން އޮތީ އެންމެންނަށްވެސް ހެޔޮކޮށް ކަންކަންކުރާށެވެ! އެކުވެރިންނަށް ބޮޑަށް ސަމާލުކަންދޭށެވެ. އެގޮތުގައި ތިބާ ކަންތައްތައް ކުރަމުން ދަނިކޮށް ތިބާއާއި ވަކިވެއްޖެނަމަ އުފާކޮށް ޝުކުރުވެރިވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން