ޙައިޟުގެދުވަސްވަރު ހެނދުނާއި ހަވީރުގެ ޛިކުރުތަކާ އޭގެ ތެރޭގައި ހިމެނޭ ގުރްއާނުގެ އާޔަތްތައްވެސް ކިޔޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޙައިޟުގެދުވަސްވަރު ހެނދުނާއި ހަވީރުގެ ޛިކުރުތަކާ އޭގެ ތެރޭގައި ހިމެނޭ ގުރްއާނުގެ އާޔަތްތައްވެސް ކިޔޭނެ!

ޙައިޟުގެ ދުވަސްވަރުގައި މުޞްޙަފްގައި ނުބީހި ގުރްއާން ކިޔެވޭނެ ކަމާއި މެދު ޖުމްހޫރު ޢިލްމުވެރިން އިއްތިފާގްވެލައްވައެވެ. ވީމާ، ޙައިޟުގެދުވަސްވަރު ހެނދުނާއި ހަވީރުގެ ޛިކުރުތަކާ ދުޢާތައްކިޔޭނެއެވެ. އޭގެ ތެރޭގައި ހިމެނޭ ގުރްއާނުގެ އާޔަތްތައްވެސް ކިޔޭނެއެވެ. واللهأعلم.  

މަޢުލޫމާތަށްޓަކާ އިތުރު 2 ސުވާލު: 

ވުޟޫނުކޮށްހުރެ ޚަތިމްގަ އަތްނުލާ ޤުރުއާން ކިޔެވޭނެތޯ؟ 

މުޞްޙަފް ހިފައިގެން ހުރެ ޤްރުއާން ކިޔަވާނަމަ ވުޟޫ ކުރަން ޖެހޭނެއެވެ. 

لما جاء في الحديث المشهور : (لا يَمَسَّ الْقُرْآنَ إِلا طَاهِرٌ) 

މާނައަކީ:" ޠާހިރުވެ ހުންނަ މީހަކު މެނުވީ (ވުޟޫކޮށްގެން ހުރި މީހަކު މެނުވީ ) ޤްރުއާނުގައި ނުބީހޭ ހުށިކަމެވެ." އެހެންނަމަވެސް މުޞްޙަފަކާ ނުލައި ހިތުން ކިޔަވާނަމަ ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. އަދި މޯބައިލް ފޯން ފަދަ ތަކެތިން ޤްރުއާން ކިޔަވާނަމަވެސް ވުޟޫ ކުރުން ލާޒިމެއް ނޫނެވެ. ސަބަބަކީ މޯބައިލް ގައި ހިމެނިގެންވަނީ ހަމައެކަނި ޤްރުއާން ނޫން ވީމައެވެ. والله أعلم 

ހަލާކުވެފައިވާ ޑިޖިޓަލް ޤުރުއާނެއް އެއްލާލުމަކީ ކޮންކަހަލަކަމެއްތޯ؟ 

މުޞްޙަފް އާއި ޑިޖިޓަލް ގުރްއާނާއި ތަފާތެވެ. ވުޟޫ ނުކޮށް މުޞްޙަފް ގައި އަތްނުލެވެއެވެ. ނަމަވެސް، ޑިޖިޓަލް ގުރްއާނުގައި އަތްލެވިދާނެއެވެ. ވީމާ، ހަލާކުވެފައިވާ ޑިޖިޓަލް ގުރްއާނެއް އެއްލާލުމަކީ މައްސަލަ އެއް ނޫނެވެ. واللهأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން