ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބެމުންދާއިރުވެސް ޘާބިތުވެ ހުރެވޭނަމަ އެލިބެނީ އާދައިގެ މެސެޖެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބެމުންދާއިރުވެސް ޘާބިތުވެ ހުރެވޭނަމަ އެލިބެނީ އާދައިގެ މެސެޖެއް ނޫން!

ހިތްދަތިކަމުގައި ކެތްތެރިވުމަކީ ކޮންމެ މީހަކަށްވެސް ކުރަން އެންމެ އުނދަގޫ ކަންތައްކަމަށް އޮންނަނީ ވެފައެވެ. އެއީ ހަމަ ޙަޤީޤަތެއްވެސް މެއެވެ. ހަމައެއާއިއެކު ހަޔާތުގެ ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބޭނަމަ އެކަން އިތުރަށް ބޮޑުވެގެންދެއެވެ.

އެނގޭހެއްޔެވެ؟ ހަޔާތުގެ ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބެމުންދާއިރުވެސް ކެތްތެރިވުމުގެ ބާރު ލިބިގެންވާނަމަ އެއީ އާދައިގެ މެސެޖެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކާއިއެކުގައިވާކަމުގެ މެސެޖެކެވެ. އިން ޝާ ﷲ 

މިހެން ބުނީމާ އެމެސެޖް ލިބުމަކީ އަނިޔާއަށް ކެތްތެރިވެގެންހުރުން މާނަނުކުރާށެވެ! ކެތްތެރިވުން އޮތީ އެކަމުން އެމީހެއްގެ ނަފްސަށް ގެއްލުން ނުވާވަރަށެވެ. އެއަށްވުރެ މައްޗަށްދާނަމަ ކެތްތެރިވުމެއް ނެތެވެ. އޮތީ އަޅަންޖެހޭ ފިޔަވަޅު އެޅުމެވެ. އެކަމަކުން ސަލާމަތްވެ ރައްކައުތެރިކަން ހޯދެން އޮތްމަގަކުން ރައްކައުތެރިކަން ލިބިގަތުމެވެ. 

ދެން މިބުނަނީ އެންމެ މުހިންމު ކަންތަކުގެ ވާހަކައެވެ. ހަޔާތުގެ ބައިވެރިޔާގެ ކިބައިން ހިތްދަތިކަން ލިބި އެކަމަށް ކެތްތެރިވުމުގެ ބާރު ލިބިއްޖެނަމަ ތަޤްވާވެރިން އެމީހުންގެ ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރަންވާނެއެވެ. ތަޤްވާވެރިކަން ކުޑަމީހުން ތަޤްވާވެރިވާން މަސައްކަތްކުރަންވާނެއެވެ. އެއީ ﷲ ތަޢާލާ ދެއްވެވި އެބޮޑު ނިޢުމަތަށް ޝުކުރުވެރިވުމަށެވެ. ޝުކުރުވެރިވާވަރަކަށް ރުހިވޮޑިގަތުން އިތުރުވަމުންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން