ފޯނުން ބަލައިގެން ކިޔެވިޔަސް މުޞްޙަފް ބަލައިގެން ކިޔެވިޔަސް ކިޔަވަން އެންމެ ރަނގަޅު ގޮތަކީ ތަޖްވީދުމަގުން ކިޔެވުން! އެމީހަކަށް ފަސޭހަގޮތަކަށް ކިޔެވުމަކީ މައްސަލައެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ފޯނުން ބަލައިގެން ކިޔެވިޔަސް މުޞްޙަފް ބަލައިގެން ކިޔެވިޔަސް ކިޔަވަން އެންމެ ރަނގަޅު ގޮތަކީ ތަޖްވީދުމަގުން ކިޔެވުން! އެމީހަކަށް ފަސޭހަގޮތަކަށް ކިޔެވުމަކީ މައްސަލައެއް ނޫން!

އަހުރެމެންގެ ތެރެއިން ގިނަ ބައަކު ޤުރްއާން ކިޔަވަން އެންމެ ރަނގަޅު ގޮތަކާއި ބެހޭގޮތުން ސުވާލުކުރެއެވެ. މިއީ ކުރިން ނެތް މައްސަލައެކެވެ. ސަބަބަކީ ކުރިން ކިޔަވަން އޮތީ މުޞްޙަފް ބަލައިގެން އެކަނި ކަމަށްވާތީއެވެ. މިފަދަ ސުވާލުތައް މިއަދު އުފެދެނީ ފޯނާއި އަދި އެހެނިހެން ތަފާތު ވަސީލަތްތަކުން ކިޔެވެން އޮތުމުންނެވެ.

ކީރިތި ޤުރްއާން ކިޔަވަން އެކި މީހުންނަށް ފަސޭހަވާނީ އެކި ގޮތަށެވެ. މުޞްޙަފް ބަލައިގެންވިޔަސް، ފޯނުންވިޔަސް އަދި އެހެން ގޮތަކުންވިޔަސް އެމީހަކަށް ފަސޭހަ ގޮތަކުން ކިޔަވާށެވެ!

ހަމައެކަނި މައްސަލައަކަށްވަނީ ކިޔެވޭ ގޮތެވެ! ތަޖުވީދުމަގުން ކިޔެވޭނަމަ ނިމުނީއެވެ! ސަމާލުކަން ދީގެން ޚުޝޫޢަތްތެރިކަމާއިއެކުގައި ކިޔެވޭނަމަ ނިމުނީއެވެ. ކޮންމެ ކަމަކަށްވެސް ޘަވާބު ލިބި އެކަމުން ކުރަންވާ ފައިދާކުރާނީ ކަމަށް ކަމޭ ހިތައިގެން އެކަމެއް ކުރުމުންނެވެ. ކުރަން އަންގަވާފައިވާ ގޮތަށް އެކަމެއް ކުރުމުންނެވެ.

މީސްތަކުންނޭވެ! ކީރިތި ޤުރްއާން ކިޔެވުމަށް ބަލައިފިނަމަ ހަމައެކަނި ދުލުކުރިން ކިޔައިލުމަކުން ނުފުދޭނެއެވެ. ދުލުކުރިން ކިޔަވައިލުމުގެ އިތުރުން އެއިގައި ބުނެދެނީ ކޮން އެއްޗެއްކަން ތިމާއަށް ރަނގަޅަށް އެނގެންވާނެއެވެ. ﷲ ތަޢާލާ ޤުރްއާން ބާވައިލެއްވެވީ ކިޔަވައި އޭގައި އޮތް އެއްޗެއް އެނގި އަދި ޢަމަލުވެސް ކުރުމަށެވެ. ވީމާ ފުރިހަމަ މާނައިގައި ޤުރްޢާން ކިޔެވުނުކަމަށްވާނީ މިބުނި ކަންކަމަށް ޢަމަލުކޮށްގެންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން