ދަލީލު ދެއްކެންނެތި އެހެން މީހުން ކުރާ އަޅުކަމުން ކުށް ނުދައްކާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ދަލީލު ދެއްކެންނެތި އެހެން މީހުން ކުރާ އަޅުކަމުން ކުށް ނުދައްކާށެވެ!: މުފްތީ މެންކް

އެހެން މީހުން ކުރާ އަޅުކަމާ ބެހި ފާޑުކިޔައި ނުހަދާށެވެ! މީހަކު ކަންކަން ކުރަނީ ރަނގަޅަށް ނޫންކަމަށް ޤަބޫލުކުރެވިއްޖެނަމަ އެވާހަކަ ވަރަށް އޯގާތެރިކަމާއިއެކު ބުނެލާށެވެ! ނަމަވެސް ދަލީލު ދެއްކެން ނެތް ކަންކަމުގެ ވާހަކަ ނުދައްކާށެވެ!

އެހެނީ އޭނާވެސް ކަންކަން ކުރާނީ އޭނާއަށް އެނގިފައިވާ އެނގުމުގެ މައްޗަށެވެ. ވީމާ އޭނާއަށް އެނގިފައިވާ ނުވާކަމެއް ބުނެދޭނަމަ އެކަމުގެ ދަލީލު ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

"ތިއަކުރަނީ ގޯސްކޮށް" ކަމަށް ނުބުނާށެވެ! އެއިރުން އޭނާ ރުޅި އަންނާނެއެވެ. މާޔޫސްވެސް ވާނެއެވެ. އެއިގެ ބަދަލުގައި "ތިއަކަން އަހުރެންނަށް އެނގިފައިވަނީ މިވެނި ގޮތަކަށް" ކަމަށް ބުނެ އަދި އެއީ ރަނގަޅުގޮތް ކަމުގެ ދަލީލްވެސް ދައްކާށެވެ.

ވަރަށް ދެރަ ގޮތަކަށްވެސް އެބަ ކަންކަން މެދުވެރިވެއެވެ. އެއީ އެހެން މީހުންގެ ކަންކަމަށް ވިސްނަން ހަދައިގެން ބައެއް މީހުންނަށް އެމީހުން ކުރަންޖެހޭ އަޅުކަންކުރަން އެބަ ހުރަސް އެޅެއެވެ. ފުރަތަމަ ކަމަކީ ތިމާ ކުރާ ކަންކަން ވީހައި ފުރިހަމައަށް ކުރުމެވެ. އެހެން މީހުންގެ ކަންކަމަށް ވިސްނަންވީ ތިމާކުރަންޖެހޭ ކަންކަން ވީހައި ފުރިހަމައަށް ކުރަމުން ގެންދިއުމާއިއެކުގައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން