ދަތި ޙާލުގަ އުޅެންޖެހުމުން އެއީ މުޅި ޢުމުރަށްވެސް އުޅެންޖެހޭނެ ގޮތް ކަމަށް ހީކުރަންވެސް ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ދަތި ޙާލުގަ އުޅެންޖެހުމުން އެއީ މުޅި ޢުމުރަށްވެސް އުޅެންޖެހޭނެ ގޮތް ކަމަށް ހީކުރަންވެސް ހެޔޮނުވާނެ!

"މިއީ އަބަދުވެސް އުޅެންޖެހޭނެ ހާލަތުކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ މިހާރު އުޅެންޖެހިފައިވާ ޙާލަތުން ސަލާމަތްނުވެވިދާނެ ކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟ ތިމާ ނިމިދާނީ މިޙާލަތުގައި ކަމަށް ޤަބޫލުކުރެވެނީ ހެއްޔެވެ؟

ތިބާ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއިއެކު އަޅުކަންކުރަމުން ދާހައި ހިނދަކު ތިބާގެ މަތިން ﷲ ތަޢަލާ ހަނދުމަފުޅު ނައްތަވައި ނުލައްވަވާނެތެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދެންޖެހޭ ގޮތަށް އެދޭ ބައަކު މާޔޫސް ނުކުރައްވަވާނެތެވެ! އެކަލާނގެ ރަޙްމަތަށް އެދޭ ބައަކު ރަޙްމަތުން މަޙްރޫމް ނުކުރައްވަވާނެތެވެ." އިން ޝާ ﷲ

ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި އުޅެންޖެހިފައިވީނަމަވެސް އެޙާލަތު ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ބައްލަވައިވޮޑިގެންވެއެވެ. އެކަން ޔަޤީންކުރާށެވެ!

ނަމާދުކުރުމާއި ހެޔޮ ޢަމަލުތައް ކުރުމާއި ދުޢާކުރުން ގިނަކުރާށެވެ! އަދި ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކުރާށެވެ! ކޮންމެ މުޞީބާތަކާއިއެކު ރަޙްމަތެއްވާނެކަމަށް އޮތް ﷲ ތަޢާލާގެ ވަހީ، ވަޢުދު ބަސްފުޅު ޔަޤީންކުރާށެވެ!

ސުވަރުގެ ވަދެވުމުން ދުނިޔޭގައި ކުރިމަތިވި ހުރިހާ މުޞީބާތްތަކެއްގެ މަތިން ހަނދާންނެތިގެންދާނެއެވެ."

--މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން