ކޮންމެ މީހެއްގެވެސް އެކުވެރިން ތިބޭނެއެވެ. ކަންކަން ދިމާވުމުން މަޝްވަރާވެސް ކުރެވޭނެއެވެ. ނަމަވެސް އެކުވެރިންނާއި މަޝްވަރާކުރާއިރު ވިސްނާލަންޖެހޭނެ ބައެއް ކަންކަން އެބަހުއްޓެވެ!
އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކަންކަމުގައި އެކުވެރިންނާއި މަޝްވަރާ ކުރާނަމަ 3 ކަމަކަށް ބަލަންވާނެއެވެ.
1 ތިމާއަށް އެންމެ އިތުބާރު ހިފޭ ތަޤްވާވެރި ހެޔޮލަފާ މީހަކުކަމުގައިވުން،
2 ތިބާއަށް އަޅާލައި ހެޔޮކޮށް ހިތާ މީހަކުކަމުގައިވުން
3 އެކަމުގެ މަޢްލޫމާތު ލިބި ތަޖުރިބާހުރި މީހަކު ކަމުގައިވުން.
ފުރަތަމަ މިބަޔާންކުރި "ތިމާއަށް އެންމެ އިތުބާރު ހިފޭ ތަޤްވާވެރި ހެޔޮލަފާ މީހަކުކަމުގައިވުމިގެ" މާނައިގައި ވަރަށް ގިނަ ކަންކަން ހިމެނިގެންވެއެވެ. އެއިގެ ތެރޭގައި:
އެމީހަކީ ތެދުބަސްބުނާމީހަކުކަމުގައިވުން، އިންޞާފަށް ލޯބިކުރާ މީހަކުކަމުގައިވުން، ފަރުޟާއި ސުންނަތަށް ޢަމަލުކުރާ، ކީރިތި ޤުރްއާނަށް ލޯބިކޮށް ޢަމަލުކުރާ މީހަކު ކަމުގައިވުން، ފަދަ ކަންކަން ހިމެނިގެންވެއެވެ.
ރަނގަޅަށް ބަލައިފިނަމަ އެފަދަ މީހުން މިއަދު ވަރަށް މަދެވެ. ވީމާ ކިތަންމެ ގާތް އެކުވެރިއަކު ކަމަށް ބަލައިގެން އުޅުނަސް މިބުނި ކަންކަމަށް ނުބަލައި މަޝްވަރށާއަށް އެހުމުން ނުވަތަ މަޝވްރާހޯދުމުން ކުރާނެ ފައިދާއެއް ނެތެވެ. ލިބޭނީ ގެއްލުމެވެ.
މިބަޔާންކުރި މަގުން މަޝްވަރާ ހޯދުމަށްފަހު ﷲ ތަޢާލާއަށް ދުޢާކުރާށެވެ! އސްތިޚާރާ ނަމާދުކުރާށެވެ! ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިހުންނާށެވެ! ހެޔޮ ވިސްނުން ދެއްވަވާނެތެވެ. އިން ޝާ ﷲ
-- އަލަފް / މިއަދުނޫހަށް