ދަރިން ލިބުން ލަސްވާތީ ކުރާނެ ދުޢާއަކަށް ބައެއް ކިޔުންތެރިން އެދިލައްވައެވެ.
މީސްތަކުންނަށް ދަރިން ދެއްވަވަނީ ﷲ ތަޢާލާއެވެ. ގިނަ ބައަކަށް ދަރިން ދެއްވަވައެވެ. ނުދެއްވަވާ ނުވަތަ ދެއްވެވުން ލަސްވާ ބައަކުވެސް ތިބެއެވެ. ވީމާ ދަރިން ލިބުމަށް އެދިގެން މިފަދައިން ދުޢާކުރާށެވެ!
ޒަކަރިއްޔާގެފާނު ކުރެއްވެވި ދުޢާ:
· އަންބިޔާ ސޫރަތުގެ 89 ވަނަ އާޔަތް
رَبِّ لَا تَذَرْنِى فَرْدًا وَأَنتَ خَيْرُ ٱلْوَٰرِثِينَ ﴿٨٩﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. (89)"
· އާލް ޢިމްރާން 38 ވަނަ އާޔަތް:
رَبِّ هَبْ لِى مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ ٱلدُّعَآءِ ﴿٣٨﴾
މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (38)"