ދެރަކަމެއް، ހިތްދަތިވާފަދަ ކަމެއް ނުވަތަ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކުރަން އޮތް ދުޢާ-

ކިޔުމަށް ހޭދަވާނީ 7މ 15ސ
ދެރަކަމެއް، ހިތްދަތިވާފަދަ ކަމެއް ނުވަތަ ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ކުރިމަތިވެއްޖެނަމަ ކުރަން އޮތް ދުޢާ-

ޢާއިޝަތު ރަފާޙް ޢަލީ  

 

ޙަދީޘްފުޅު: 

فعن عبداللهيعني: ابن مسعود رضي الله عنه وأرضاه- قال: قال رسولُ الله :ما أصاب أحدًا قطُّ همٌّ ولا حَزَنٌ فقال اللهمَّ إني عبدُك ابنُ عبدِك ابنُ أمَتِك ناصيَتي بيدِك ماضٍ فيَّ حُكمُك عَدْلٌ فيَّ قضاؤُك أسألُك بكلِّ اسمٍ هو لك سميتَ به نفسَك أوْ علَّمْتَه أحدًا مِنْ خلقِك أو أنزلته في كتابِك أو استأثرتَ به في علمِ الغيبِ عندَك أنْ تجعلَ القرآنَ ربيعَ قلبي ونورَ صدري وجلاءَ حُزني وذهابَ هَمِّي إلا أذهب اللهُ همَّه وحُزْنَه وأبدله مكانه فَرَحا قال : فقيل : يا رسولَ اللهِ ألا نتعلمُها فقال : بلى ينبغي لِمَنْ سمِعها أنْ يتعلمَها

أخرجه الإمامُ أحمد -رحمه الله- في "مسنده" 

މާނައީ: އިމާމް އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ބަޔާން ކުރައްވާފައިވެއެވެ. ޢަބްދުﷲ ބިން މަސްޢޫދު ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. މީހަކަށް ކަންބޮޑުވުމެއް، ދެރަކަމެއް، ނުވަތަ ހިތާމައެއް ކުރިމަތިވެއްޖެނަމަ މިފަދައިން ކިޔާށެވެ.  

اَللَّهُمَّ إِنِّيْ عَبْدُكَ، اِبْنُ عَبْدِكَ، اِبْنُ أَمَتِكَ، نَاصِيَتِيْ بِيَدِكَ، مَاضٍ فِيَّ حُكْمُكَ، عَدْلٌ فِيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اِسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِيْ كِتَاِبكَ، أَوْ عَلَّمْتَهُ أَحَدًا مِّنْ خَلْقِكَ، أَوْ اسْتَأْثَرْتَ بِهِ فِيْ عِلْمِ الْغَيْبِ عِنْدَك،َ أَنْ تَجْعَلَ الْقُرْآنَ رَبِيْعَ قَلْبِيْ، وَنُوْرَ صَدْرِيْ، وَجَلَاءَ حُزْنِيْ، وَذَهَابَ هَمِّيْ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنَ الْهَمِّ وَالْحُزْنِ، وَالْعَجْزِ وَالْكَسَلِ، وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ. 

މި ދުޢާގެ މާނައަކީ "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން މި އަޅާއަކީ އިބަ އިލާހުގެ އަޅަކީމުއެވެ. އިބަ އިލާހުގެ ފިރިހެން އަޅެއްގެ ދަރިއަކީމުއެވެ. އިބަ އިލާހުގެ އަންހެން އަޅެއްގެ ދަރިއަކީމުއެވެ. މިއަޅާގެ ލަގަން ވަނީ އިބަ ﷲ ގެ އަތްޕުޅުގައެވެ. އިބަ ﷲ ގެ ޙުކުމްފުޅު މިއަޅާގެ މައްޗަށް ތަންފީޒުވެގެންވެއެވެ. އިބަ ﷲ ގެ ނިޔާ މިއަޅާ އާއި މެދު ޢަދުލުވެރިވެގެންވެއެވެ. އިބަ ﷲ ގެ އަމިއްލަ ޛާތުފުޅަށް އިބަ ﷲ ދެއްވާފައިވާ، ނުވަތަ އިބަ ﷲ ގެ ފޮތުގައި އިބަ ﷲ ބާވައިލައްވާފައިވާ، ނުވަތަ އިބަ ﷲ ގެ މަޚްލޫޤުންގެ ތެރެއިން މަޚްލޫޤަކަށް އިބަ ﷲ އުނގަންނަވައިދެއްވާފައިވާ، ނުވަތަ އިބަ ﷲ ގެ ޙަޟްރަތުން ޣައިބުގެ ޢިލްމުގައި އިބަ ﷲ ޚާއްސަ ކުރައްވާފައިވާ އިބަ ﷲ ގެ ހުރިހާ އިސްމްފުޅުތަކެއް މެދުވެރިކޮށް، މިއަޅާގެ ހިތުގެ ބަހާރުކަމުގައްޔާއި، މިއަޅާގެ ހިތުގެ ނޫރުކަމުގައްޔާއި، މިއަޅާގެ ހިތާމަ ފިއްލަވައިދޭ ޒަރިއްޔާ ކަމުގައްޔާއި، އަދި މިއަޅާގެ ފިކުރު ބޮޑުކުރުން ދުރުކޮށްދޭ ޒަރިއްޔާ ކަމުގައި ޤުރްއާން ލައްވައިދެއްވުމަށް އިނބަ ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ."  

ދެން ﷲ ތަޢާލާ އެމީހެއްގެ ކަންބޮޑުވުމާއި ހިތާމަތައް ނައްތަވާލައްވަވައި، އޭގެ ބަދަލުގައި އުފާވެރިކަން ދެއްވަވައެވެ. ދެން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަހާބީން ދެންނެވިއެވެ. އޭ ރަސޫލު ﷲ އެވެ. ތިމަންބޭކަލުންވެސް ދަސްކުރަންވީތޯއެވެ. ހަދީޘް ކުރެއްވެވިއެވެ.  އާނއެކެވެ! އަޑުއެހި މީހަކު އެކަން ދަސްކުރަންވާނެއެވެ."

މިއަދު އޮންލައިން