ކައިވެނިރޫޅޭއިރަށް ހަޤީޤަތް ނުބަލާ އަންހެނުން ކުށްވެރިކުރުމާ ހުވަފަތްވާ އަނބިންނަށް ދެރަބަސް ބުނުމަކީ ހިންގާ ބޮޑު ޖަރީމާއެއް! ކުރެވޭ ބޮޑު ފާފައެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 10ސ
ކައިވެނިރޫޅޭއިރަށް ހަޤީޤަތް ނުބަލާ އަންހެނުން ކުށްވެރިކުރުމާ ހުވަފަތްވާ އަނބިންނަށް ދެރަބަސް ބުނުމަކީ ހިންގާ ބޮޑު ޖަރީމާއެއް! ކުރެވޭ ބޮޑު ފާފައެއް!: މުފްތީ މެންކް

މިޒަމާނުގައި ކައިވެނި ރޫޅެނީ ކީއްވެގެންތޯ ބަލައިފިނަމަ ބޮޑު އިންސައްތައެއްގެ ކައިވެނި ރޫޅެނީ މާމޮޅު ގޮތެއް ފެނިގެން އުދުއްސައިގަންނަން ހަދައިގެންނެވެ. އެގޮތަށް އުދުއްސައިގަނެގެން އުޅެނިކޮށް މަންޒިލަށް ނުފޯރަނީސް ވަރަ ބިދިގެން ވެއްޓޭ ދުނިތައްވެސް މަދެއް ނޫނެވެ. މިކަމުގެ ހެއްކަކީ ވަރިކުރެވުނީތީ ނުވަތަ ވަރިވެވުނީތީ ދެރަވެ ހިތާމަކުރަން ޖެހޭ މީހުން ގިނަކަމުންނެވެ.  

ކޮންމެއަކަސް މިރޭ ބަލައިލަން މިއުޅެނީ މިކަމުގައި އަންހެނުންނަށް ވަރަށް ބޮޑު ތަކްލީފަކަށްވެފައިވާ ކަމަކަށެވެ. އެއީ މިހާރަކަށް އައިސް ކައިވެނި ރޫޅި އެކަނިވުމުން ނުވަތަ ހުވަފަތްވުމުން އަންހެނުންނަށް އެކަނބަލުން ނިކަމެތިކޮށްލުމުގެ ގޮތުން ބަސްތައް ބުނތީއެވެ. މިއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.  

ކޮންމެ ކައިވެންޏެއް ރޫޅެނީ އަންހެން މީހާގެ ސަބަބަކުން ނޫނެވެ. އަދި ކައިވެނިކޮށްގެން އުޅެނިކޮށް ކުރިން ފިރިމީހާ މަރުވަނީވެސް އަނބިމީހާ ކުރާ ކަމަކުން ނޫނެވެ. އަދި މަދު އަންހެނަކު ކުރާ ނުބައިކަމެއްގެ ޒިންމާ ހުރިހާ އަންހެނުންގެ ބޮލުގައި އެޅޭގޮތަށް ވާހަކަ ދެއްކުމަކީ ފާފަވެރިވާނެ ކަމެކެވެ. މީހަކު ނުބައިކޮށް ކަމެއް ކޮށްފައިވާނަމަ އެކަމެއް އަޅުވަންޖެހޭނީ ހަމައެކަނި އެކަން ކުރި މީހެއްގެ ކިބައިގައެވެ.   

ގިނަ ކައިވެނިތައް ރޫޅެނީ އަނބިންގެ ސަބަބުންކަމަށް ބުނެވޭނެ ގޮތެއްވެސް މިހާރަކު ނެތެވެ. އަހަރެންނަށް އެނގިފައިވާ މައުލޫމާތަށް ބަލާއިރު ގިނަ ކައިވެނި ރޫޅިފައިވަނީ ފިރިންގެ ސަބަބުންނެވެ. ޤަބޫލުކުރަން ބޭނުން ނުވިނަމަވެސް މިއީ މިކަން ހިނގަމުން އަންނަ ގޮތެވެ.  

ދެން ބަލައިލަންވީ ރަސޫލް ގެ ކައިވެނިފުޅުތަކަށެވެ. ޢައިޝަތުގެފާނު ފިޔަވައި ދެން ކައިވެނި ބައްލަވައިގަތީ ކައިވެނި ރޫޅިފައިވާ ނުވަތަ ހުވަފަތް ބޭކަނަލުންނާއިއެވެ. އެވަނީ އެކަނބަލުން ޢިއްޒަތްތެރިކުރައްވަވައިފައެވެ. އަދި އަލަށްވެސް ކައިވެނިފުޅު ކުރެއްވެވީ ކުރިން ކައިވެނިފުޅު ކުރައްވަވާފައިވާ ބޭކަނބަކަނބަލަކާއިއެވެ.  

އެބޭކަނބަލުންނަކީ އަގުދަށް ބައަކު ނަމަ ރަސޫލް އެބޭކަނބަލުން ނުކުރައްވަވާނެތެވެ! ހަމަ އެއާއިއެކު ކައިވެނި ރޫޅިފައި ނުވަތަ ހުވަފަތްވެފައި ތިބޭ އަންހެނުންނާއި ކައިވެނިކުރުމުން އިންތިހާއަށް އުފާވެރިކަމާއި ތަނަވަސްކަން ލިބި، އިތުރުވެފައިވަނީ ކިތައް ފިރިހެނުންނަށް ހެއްޔެވެ؟  

ވީމާ މފަދަހުރިހާ ކަމަކުންވެސް އެނގިގެންދަނީ ކައިވެނި ރޫޅެން މެދުވެރިވުމާއި އަދި ހުވަފަތްވުމަކީ އެކަނބަލުންގެ ދަރަޖައަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫންކަމެވެ. ވީމާ އެކަނބަލުންނަށް ނުބައި ބަސްބުނަން ހެޔޮ ނުވާނެއެވެ!  

ހަމައެއާއިއެކު އެކަނިވެރިމައިންނަށާއި ހުވަފަތް އަނބިންނަށް ހެޔޮކޮށް ހިތަން ޖެހެއެވެ. ހުވަފަތް އަނބިންނަށް ހެޔޮކޮށްހިތުމަކީ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާއި އެންމެ އަރިއަހުގައި ވެވެން އޮތް ކަމެކެވެ. މަސްޖިދުއްނަބަވީގައި މަސްދުވަހު އިޢްތިކާފަށް އިނުމަށްވުރެވެސް ގިނަ ޘަވާބު ދެއްވަވާ ކަމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން